ޚަބަރު
ބޮމެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް!

ރާއްޖޭގައި ބޮމެއް ގޮއްވާލާނެ ކަމަށް ބުނެ ބަޔަކު އިންޒާރު ދީފިއެވެ.

މާލޭގައި ހުންނަ ނޫރު މިސްކިތުގެ ފުރަތަމަ ފަންގިފިލާގައި ހުރި ތަނބެއްގައި ލިޔެފައިވާ އިންޒާރުގައި ވަނީ މިތަނަށް ގަދަވާނީ ”ބަންގާޅީން“ ކަމަށާއި، ހަދާނީ އެމީހުން ބޭނުން ގޮތެއް ކަމަށެވެ.

”ވަރަށް އަވަހަށް ބޮމެއް ގޮއްވާލާނަން، ދިވެހި ގައުމު ސުންނާފަތި ކޮއްލާނަން“

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ގެންދާ ކަމަށެވެ. ނޫރު މިސްކިތުގެ ތަނބެއްގައި އެފަދަ އިންޒާރުތަކެއް ލިއެފައިވުމާ ގުޅިގެން އެ ތަން ބަންދުކޮށް، އެސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވިއެވެ. އެހެން ނަމަވެސް މި ކަމާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.

މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހު، މުލީއާގެ ކައިރިއަށް ގޮސް އަތުގައި އޮތް ފޮއްޓެއްގައި އޮތް ބޮމެއް ގޮއްވާލާނެ ކަމަށް ބުނެވެސް ބަޔަކު އިންޒާރު ދީފައި ވެއެވެ. މީގެ އިތުރުން މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ މައްސަލަ އަދިވެސް ދަނީ ބަލަމުންނެވެ. އަދި އެ މައްސަލައިގައި 4 މީހެއްގެ މައްޗަށް މިހާރު ވަނީ ދައުވާ ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!