ޚަބަރު
އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި 733 ކެނޑިޑޭޓުން ވާދަކުރަނީ

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 733 ކެނޑިޑޭޓުން ވާދަކުރާކަމަށް އެޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑިޕީ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓް އެ ޕާޓީން ވަނީ އާންމުކޮށްފިއެވެ.

އިންތިޚާބުގެ މައުލޫމާތު ދެއްވަމުން ހަސަން ވިދާޅުވީ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ދެވިގެންދާނީ އެހެން އިންތިޚާބުތަކުގައިވެސް އަމަލުކުރާ އުސޫލުން ޕާޓީގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ވޯޓުލާން ފުރުސަތު ދޭނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހުކަމަށް ހަސަން ވިދާޅުވިއެވެ.

އެ އިންތިހާބުފައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށްފައިވާއިރު އެ ލިސްޓުގައި ނުހިމެނޭ މީހުންނަށް ވޯޓް ނުލެވޭނެ ކަމަށް އެ ޕާޓީން ބުނެއެވެ. އެ ލިސްޓްގައި ނަން އޮތްތޯ ބެލުމަށް މޯބައިލް ފޯނުން މެސެޖެއް ކުރުމުން ބެލޭނެ އިންތިޒާމް ޕާޓީން ވަނީ ހަމަޖައްސައިފައެވެ. މެސެޖު ފޮނުވާނީ MDP(space)IDnumber ޖެހުމަށް ފަހު 637 އަށެވެ.

އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެޕާޓީގެ ދަފްތަރުގައި 93،354 މެމްބަރުން އެބަތިއްބެވެ. މިފަހަރުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޝަރުތު ހަމަވަނީ 93،165 މީހުންނެވެ. މިލިސްޓަށް ޝަކުވާ އަށް ހުޅުވާލުމުން ހުށަހެޅުނު ޝަކުވާއަށް ބަލައި 940 މީހަކަށް އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި މިލިސްޓުން 918 މީހަކަށް އިންތިޚާބުގައި ވޯޓު ނުލެވޭނެ ކަމަށް ވަނީ ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!