ގއ. ދާންދޫ އަލަށް އާބާދުވާ ސަރަޙައްދުގެ މަގުތައް ސާފު ކުރުމުގެ މަސައްކަތް އެމްޓީސީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ފަށައިފިއެވެ.
އެގޮތުން އެމްޓީސީސީއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދާންދޫ އަލަށް އާބާދުވާ ސަރަހައްދުގެ މަގުތައް ސާފު ކުރުމާއި ލެވެލް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
އަދި ދާންދޫގެ މަގުތަކުގައި ވިއްސާރަ މޫސުމުގައި ފެން ބޮޑުވާ ދިމަ ދިމާލަށް ވެލި އަޅައި ދިނުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުން ކަމަށް އެމްޓީސީސީއިން މިއަދު ކުރި ޓްވީޓުގައި ބުނެފައިވެއެވެ.
ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން، ގއ. ދާންދޫ އަލަށް އާބާދުވާ ސަރަޙައްދުގެ މަގުތައް ސާފުކުރުމާއި، ލެވެލް ކުރުމާއި، ރަށުގެ މަގުތަކުގައި ވިއްސާރަ މޫސުމުގައި ފެންބޮޑުވާ ދިމަދިމާލަށް ވެލިއަޅައިދިނުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން. #CSRInitiative #RayyithungeKunfuni pic.twitter.com/5hFR8LAisF
— MTCC Plc (@MTCCPlc) September 12, 2021
އެމްޓީސީސީއިން އިޖްތިމާއީ ޒިންމާގެ ދަށުން ގިނަ ރަށްތަކަކަށް އެކުންފުނިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ދާދި ފަހުން އެމްޓީސީސީން ވަނީ ލ.މުންޑޫގައި ސުނާމީގައި ބިމާ ހަމަވި ގެތަކާއި ގާތަށް ނަގައިދީ ސާފު ކޮށްދީފައެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން އާޓިފިޝަލް ބީޗުގައި ވަނީ ރޭމްޕެއް ހަދައިފައެވެ.