ޚަބަރު
ތަނެއް ކުރިއަރާ ދާނީ އެތަނެއްގައި އޮންނަ އެކުވެރި ކަމާއި އެއްބައިވަންތަ ކަމުން : ފައިހަތު

ކޮންމެތަނެއްވެސް ކުރިއަރާ ދިޔުމުގެ އެންމެ މުހިންމު އެއްކަމަކީ އެތަނެއްގައި އޮންނަ އެކުވެރި ކަމާއި އެއްބައިވަންތަ ކަމުން ކަމަށް ހަސަން ފައިހަތު ގުދުރަތުﷲ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ބިޒްނަސް ނެޓްވޯކް އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ފައިހަތު ވިދާޅުވީ އަތޮޅުގެ ރަށްތަކުގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން މިއަށްވުރެ ބަދަހިކޮށް އޮތުމަށް ދެކޭ ކަމަށެވެ. އަދި އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރާ ރައްޔިތުންތަކަކަށް ވެއްޖެނަމަ، ކުރިއެރުން ހޯދުމުގައި ދަތި ތަކެއް ނުހުންނާނެ ކަމަށްވެސް ފައިހަތު ވިދާޅުވިއެވެ.

އެގޮތުން އިންޓަރނޭޝަނަލް އެއާޕޯޓަކަށް މަސައްކަތް ކުރާނަމަ ދެ އަތޮޅުވެސް ގުޅިގެން އެންމެންގެ މަޝްވަރާގެ މަތިން ހުރިހާ ރައްޔިތުން އެއްބަސްވާ ގޮތަކަށް ސަރުކާރަށް ހުށަހަޅައިފި ނަމަ ވަރަށް ބޮޑެތި ފަސޭހަތަކެއް ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ފައިހަތު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފައިހަތު ވިދާޅުވީ، މި ދެއަތޮޅުގެ ހުރިހާ ރަށްތަކުގެ މެދުގައި އެކުވެރިކަން މިއަށްވުރެ ބޮޑަށް އާލާ ކުރެއްވުމަށް ކައުންސިލްތަކާއި މަޝްވަރާކޮށްގެން މަސައްކަތް ކުރައްވާނެ ކަމަށާއި، ރަށްތަކުގެ މެދުގައި އޮންނަ ގުޅުން ރަނގަޅުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްވެސް ކުރައްވާނެ ކަމަށް ގދ.އަތޮޅު ރައީސް ހަސަން ފައިހަތު ގުދުރަތުﷲ ވިދާޅުވިއެވެ.

ހުވަދޫ އަތޮޅުގެ އުތުރު ބުރިއާއި، ދެކުނުބުރި އަކީ ޒަމާނުއްސުރެ ވަރަށް އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށްތަކެއް ގޮތުގައި ތާރީޚީ ފަތްފޮތް ތަކުންވެސް ފެންނަން އެބަހުއްޓެވެ. އަދި މިހާރު ކޮވިޑްގެ ހާލަތުގެ ސަބަބުން ރަށް ތައް މޮނިޓަރިންގ ގެ ހާލަތަށް ގެނައުމުން އަތޮޅު ގެ އެކި ރަށް ތަކުން ވަނީ އެހީ ތެރިކަން ފޯރު ކޮށްދީ މުޅި ރާއްޖެއަށް ނަމޫނާ ދައްކާފައެވެ.

  1. ރައްޔިތު މީހާ

    ވަރަށް ރަނގަޅު ވާހަކައެއް. ތިޔައީ ބޭބެ މެންގެވެސް އެންމެ ބޮޑު އުއްމީދަކީ.