މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރުމަށްޓަކައި އަންނަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން ނިންމައިފިއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި މަޖިލީހުގެ އިތުރު ހަތަރު މެމްބަރުންނާ އެކު ޕާޓީ ވުޖޫދަށް ގެނައުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައި 15 ގައެވެ.
އެމްއެންޕީއޭ އިން މިހާރު ދަނީ އެޕާޓީއަށް މެމްބަރުން ހޯދުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތް ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަންގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްދޭނީ ސައްހަ 3000 މެމްބަރުންގެ ސޮޔާއެކުގައެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި މަޖިލީހުގެ އިތުރު ހަތަރު މެމްބަރުންނާ އެކު ޕާޓީ ވުޖޫދަށް ގެނައުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައި 15 ގައެވެ. އަދި ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެމްއެންޕީ އަށް 5،000 އަށް ވުރެ ގިނަ މެމްބަރުން ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ފަންނާނުންނާއި، ފުންނާބު އުސް އެކި ބޭފުޅުން ހިމެނެއެވެ.
މިހާރު އެ ޕާޓީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހިމެނިވަޑައިގަންނަވައެވެ. އަދި މަޖިލީހުގެ ދެ މެމްބަރަކު އެ ޕާޓީއާ އެކު މަސައްކަތް ކުރައްވާނެ ކަމަށް އެ ޕާޓީން ކުރިން އޮތީ ބުނެފައެވެ.
ނާޒިމް ކުރިން ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކާ އެމްއެންޕީ ތަފާތުވާނެއެވެ. އޭގެ އެއް ސަބަބެއްގެ ގޮތުގައި ނާޒިމް ފާހަގަކުރެއްވީ އެ ޕާޓީއަކީ ވަކި ލީޑަރެއްގެ ވަށައިގެން ނޭނބުރޭ ޕާޓީއަކަށް ވުން ކަމަށާއި ޕާޓީގެ ލީޑަޝިޕްގައި އެކަކަށް އެންމެ ގިނައިން ހުރެވޭނީ ދެ ދައުރުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފިސްތޯލަ ނާޒިމް ކަލޭ ޕާޓީ ހަދައިގެން ހަމަ ކަންކަމާއިގެން އުޅެބަ