ޚަބަރު
ޕާޓީ ހަދަން ނުކުންނަންވާނީ މުރާލި މީހުން: ޢަބްދުއްރަޙީމް

ސިޔާސީ ޕާޓީތައް ހަދަން ނުކުންނަންވާނީ މުރާލި މީހުން ކަމަށާއި އެކަމަށް ކެރި ކުޅަދާނަ ކަންހުރި މީހުންކަމަށް ޕީއެންސީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިރޭ ޕީޕީއެމްއިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ޕާޓީ ހަދާއިރު ނުކުންނަންވާނީ އެބައެއްގެ ކެރި ކުޅަދާނަކަން ހުރި މިންވަރަށް ވިސްނައިގެން ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ނެތް ބޭފުޅުން ޕާޓީ ހަދަން ނުކުތީމަ އަދަދު ހަމަނުވުމަކީ ޕީޕީއެމްއާއި ބެހޭ ކަމެއް ނޫން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

“ކަންނެތް މީހުންނަކީ ވަރަށް އަވަހަށް ފިލާ ރައްކާވާ ބައެއް. ހުކުމެއް ކުރިއަސް ވަރަށް އަވަހަށް ފިލާ ރައްކާވާނެ. އަދި ކުފޫ ހަމަނުވާ މީހާއަކީ ތިމާއަށް ލިބިފައިވާ ބާރަށް ވުރެ އިތުރު ބާރު ނާޖާއިޒް ގޮތުގައި ބޭނުންކުރާ މީހުން. މިދެ ކަންތައްކަށް ބަލާއިރު ރައީސް ޔާމީން ފިޔަވައި ރާއްޖޭގެ ވެރިކަމަށް ގެންނަން ކުފޫ ހަމަވާ އިތުރު ބޭފުޅަކު މިވަގުތު ރާއްޖޭގައި ނެތް. ހަމައެހެންމެ ހީވާގި ކަމާއި މުރާލިކަމަށް ބާލާއިރުވެސް ރައީސް ޔާމީން ފިޔަވާ ވެރިކަމަށް ގެންނަންޖެހޭ އިތުރު ބޭފުޅަކުނެތް” އަދުރޭ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތައް ހެދުމުގެ ތަޖުރިބާއާއި އެކަމުގެ ގާބިލްކަންވެސް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ހުރިކަން ވިދާޅުވެދެއްވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީން ހުންނަވައިގެން އުފެއްދި ޕީއޭވެސް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ވެއްޖެ ކަމަށާއި  24 ގަޑިއިރުގެ ތެރޭގައި ގާނޫނީ އަދަދު ހަމަކޮށް ޕީޕީއެމް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެށިކަމަށާއި  ކަމަށާއި ޕީއެންސީ ހަދަން ހުއްދަ ދިންތާ 24 ގަޑިއިރުގެ ތެރޭގައި ފަސްހާސް ފޯމް ހަމަކޮށްފައިވާ ކަމަށެވެ. މިއީ ހީވާގި މުރާލި ބޭފުޅުން ކަންކަމަށް ނުކުްނނެވީމާ ވާގޮތް ކަމަށާއި ކަންނެތް އިތުބާރު ގެއްލިފައިވާ މީހުން ކަންކަމަށް ނުކުތީމާ ރައްޔިތުން ބަލައިނުގަތުމަކީ ރައީސް ޔާމީންގެ މައްސަލައެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

މިހާރު ޕާޓީތައް ހައްދަވަން އުޅުއްވާ ބޭފުޅުން ރައީސް ޔާމީންދެކެ ހިތްހަމަ ނުޖެހިގެން އުޅޭ ސަބަބު ވެސް އަދުރޭ ހާމަކޮށްދެއްވިއެވެ.

އެގޮތުން އަބްދުﷲ ރިޔާޒަށް ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ނުލިބުނީ ކީއްވެގެންކަން ހާމަކޮށްދެއްވަމުން އަދުރޭ ވިދާޅުވީ ހޯމް މިނސްޓްރީއަކީ ކޯލިޝަންގެ ތެރެއިން ޖުމްހޫރީ ޕާޓިއަށް ލިބުނު ސްލޮޓެއް ކަމަށާއި އޭރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ރިޔާޒު ބޭނުންފުޅުވީ ހޯމް މިނިސްޓަރުގެ މަގާމް ކަމުގައެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރާ މަޝްވަރާކުރެއްވުމުން ގާސިމް އިބްރާހީމް އަބްދުﷲ ރިޔާޒަށް ހޯމް މިނިސްޓަރަކަށް  ގެނައުމަށްޓަކައި ސީޕީ ކަމުން އިސްތިއުފާ ދެއްވަން އެންގެވުމުން އިސްތިއުފާ ދެއްވާފައިވަނިކޮށް ޖުމްހޫރީ ޕާޓީގެ ދެ ބޭފުޅަކު އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށާއި ހޯމް މިނިސްޓަރުކަމަށް ނަން ފޮނުވަން ޖެހޭނީ ކައުންސިލުން ކަމަށް ވިދާޅުވެ ކައުންސިލް ބާއްވައިގެން ކައުންސިލުން ނިންމީ އުމަރު ނަސީރު އެމަގާމަށް ހަމަޖެއްސުމަށް ކަމަށެވެ. އޭރު ޢަބްދުﷲ ރިޔާޒު މަގާމުން އިސްތިއުފާ ދިނުމުން ސީޕީގެ މަގާމަށް ރައީސް ޔާމީން ހުސެއިން ވަހީދު އައްޔަންކުރައްވާފައިވާ ކަމަށެވެ. އެގޮތުން ޢަބްދުﷲ ރިޔާޒަށް ހޯމް މިނިސްޓަރުކަން ނުލިބުނީ ރައީސް ޔާމީންގެ މައްސަލައަކުން ނޫން ކަމަށެވެ.

“ކާނަލް ނާޒިމް ހީފުޅު ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ތިމަންނައަށް އަބަދު ރައީސް އޮފީހުގެ ތެރޭގައި އިނދެވިދާނެ ކަމަށް. އެގޮތުން އބަދު ރައީސް އޮފީހުގައި ވަގުތު ހޭދަކުރައްވަން ފެއްޓެވީ ނަމަވެސް ރައީސް ޔާމީން އެކަމަށް ފުރުސަތު ނުދެއްވި. ރައީސް ވިދާޅުވީ ވަޒީރުންނާ ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާކުރަންވާނީ އެވަޒީރެއްގެ މިނިސްޓްރީގައި އިންނަވައިގެން ކަމަށް. އެހިސާބުން ރައީސް ޔާމީނާ ގުޅޭގޮތުން ޝުއޫރު ފާލުކުރަންފެށީ.” އަދުރޭ ވިދާޅުވިއެވެ.

ފިސްތޯލައިގެ މައްސަލަ ކުރިމަތިވީ އޭގެ ފަހުން ކަމަށާއި އެކަން ކުރިމަތިވުމުން ސިފައިންގޭގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އާއި ކުރިމަތިލާން ގޮސްދިނުމަށް ނާޒިމް އެދުނު ކަމަށް އަދުރޭ ވިދާލުވިއެވެ. ސިފައިންގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އެހިސާބުން ސިފައިންގޭގެ އިސް ބައެއް ވެރިން ރައީސަށް އެވާހަކަތައް ހިއްސާކުރެއްވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމަކީ ކުޅޭކުޅޭ ޕާޓީއެއް ކަމަށް ހީފުޅު ނުކުރެއްވުމަށާއި ދިވެހިން ގޮވައިގެން ތަރައްޤީގެ އުސްމިންތަކަށް ވާސިލްވެވޭނެ ރައީސަކީ ރައީސް ޔާމީން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!