ޚަބަރު
ހިޔާ ފްލެޓެއްގެ ބިއްލޫރިގަނޑު ތެޅިފައި ހުރި ވީޑިއޯއެއް އާއްމުވެއްޖެ

ހުޅުމާލޭ ހިޔާ ފްލެޓެއްގެ ބިއްލޫރިގަނޑު ތެޅިފައި ހުރި ވީޑިއޯއެއް އާއްމުވެއްޖެއެވެ.

ހިޔާ-ޔޫނިއަން ވައިބާ ގްރޫޕްއިން އާއްމުވެގެންދިޔަ މިވީޑިޔޯއިން ފެންނަ ގޮތުގައި ހިޔާ ފްލެޓެއްގެ ކުޑަދޮރުގެ ބިއްލުރިގަނޑު ހުރީ ތެޅިފައެވެ. އަދި ތެޅިފައި ހުރި ބިއްލޫރިގަނޑުގައި ލޭ ހޭކިފައި ހުރިތަން އެ ވީޑިއޯއިން ފެނިގެންދެއެވެ.

ވީޑިޔޯކުރަމުންދިޔައިރު ވީޑިޔޯ ކުރި މީހާ ބުނެފައިވަނީ ޕާޓޭއަކު ވައްކަން ކުރަން އުޅެފައި ހުރިކަމަށެވެ.

މިވީޑީޔޯ އާއްމުވުމާއި ގުޅިގެން އެޗްޑީސީ އަދި ފުލުހުން ވިދާޅުވަނީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

ހުޅުމާލޭ ފޭސް2ގެ ފްލެޓް ސަރަހައްދުގައި ކެމެރާ ހަރުކޮށްފައި ނުހުންނާތީ ވައްކަމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެފްލެޓްތަކަށް އެއްޗެހި ވައްދާ ނެރެ ހަދާއިރު އެކަންތައް ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެހިފައި ނުވާތީ ގިނަބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!