ޚަބަރު
ސާފް ޗެމްޕިއަންޝިޕް އާއި ގުޅިގެން މިރޭ އޮންނަ އިވެންޓުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ

އޮކްޓޯބަރ މަހު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ ފޯރި އިތުރުކުރުމުގެ ގޮތުން މިރޭ ބާއްވާ އިވެންޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެފްއޭއެމުން ވިދާޅުވެއްޖެއެވެ

މިރޭ 9 ޖަހާއިރު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވަން ހަމަޖެހިފައިވާ މިއިވެންޓުގައި ރައީސްގެ އިތުރުން ސަރުކާރުގެ ބޮޑެތި ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވާނެކަމަށް އެފްއޭއެމުން ވަނީ ވިދާޅުވެފައެވެ.

ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ބިޑު ހޮވިފައިވަނީ ނޭޕާލާއި ދެކޮޅަށް ވާދަކޮށްގެންނެވެ. އެހެންނަމަވެސް މިމުބާރާތަކީ ބަންގްލަދޭޝްގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތެކެވެ. ބަންގްލަދޭޝްގައި ކޮވިޑްގެ ނުރައްކާތެރި ހާލަތު އިތުރަށް ގޯސްވަމުންދާތީ ސާފް  ޗެމްޕިއަންޝިޕް ބާއްވާނެ ޤައުމެއް ހޯދަން އަލުން ބިޑަށް އިއުލާންކުރީއެވެ. ހަމައެއާއެކު ރާއްޖެއިން ވަނީ އެބިޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އަންނަ އޮކްޓޯބަރ މަހު ސާފްޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗް ވަނީ ތާވަލްކުރެވިފައެވެ.

މެޗުތައް ތާވަލްކުރެވިފައިވާ ގޮތައް ބަލާލާއިރު:

އޮކްޓޯބަރ 1ގައި ރާއްޖެ ނުކުންނާނީ ނޭޕާލާއި ދެކޮޅަށް

އޮކްޓޯބަރ 7 ގައި ރާއްޖެ ނުކުންނާނީ ބަންގްލަދޭޝް އާއި ދެކޮޅަށް

އޮކްޓޯބަރ 10 ގައި ރާއްޖެ ނުކުންނާނީ ސްރީލަންކާ އާއި ދެކޮޅަށް

އޮކްޓޯބަރ 13 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިންޑިޔާ ދެކޮޅަށެވެ.

މިމެޗުތަކުގެ ނަތިޖާތަކަށް ބެލުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމަކަށް ފައިނަލުގައި ޖާގަ ލިބިގެންދާނެއެވެ.

ސާފްޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމް ވަނީ ގަތަރަށް ފުރާފައެވެ. މިމަހު 28 ވަނަ ދުވަހު ޓީމް އެނބުރި ރާއްޖެ އަންނާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!