ޚަބަރު
މޮނީޓަރިންގ ޙާލަތު އުވާލުމަށް ފަރެސްމާތޮޑާގައި މާދަމާ ސާމްޕަލް ނަގަން ފަށާނެ

މުޖުތަމަޢު ތެރެއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން މޮނީޓަރިންގ ޙާލަތަށް ގެނެސްފައިވާ ފަރެސްމާތޮޑާ އާންމު ޙާލަތަށް ގެނައުމަށް ނަގަންޖެހޭ ސާމްޕަލްތައް ނެގުމަށް މާދަމާ ފަށާނެ ކަމަށް ފަރެސްމާތޮޑާ  ކައުންސިލުން ބުނެފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ފަރެސްމާތޮޑާ ނާއިބު ރައީސް ނަސްރަﷲ މުހައްމަދު ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހު މޮނީޓަރިންގ އަށް ލުމަށް ފަހު މިހާތަނަށް ފެނިފައި ވަނީ 10 ކޭސް ކަމަށާއި މުޖުތަމަޢު ތެރެއިން ކޮވިޑް-19 ގެ ކޭސް އެއް ނުފެންނަތާ 6 ދުވަސް ވެއްޖެ ކަމަށެވެ. ނަމަވެސް ކަރަންޓީން ގައި ހުރި ފަރާތެއް އިއްޔެ ވެސް ޕޮޒިޓިވްވި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

“މި ފަހަރު ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއެއް ފެނުނީ ޕީސީއާރް ޓެސްޓު ވެސް ހަދައިގެން އެ ރަށަށް ދަތުރު ކުރި މީހެއްގެ ފަރާތުން. އެހެން ކަންތައް ވެދާނެތީ އަޅުގަނޑުމެން ކައުންސިލުން ވާނީ އަންގާފައި, ރަށަށް އެގޮތުން އަންނަ ފަރާތައް ހަފްތާއެއް ވަރު ގޭގައި މަޑު ކޮށްލުމަށް. އެ އީ މުޖުތަމަޢު ރައްކާތެރިކަމަށް ” – ނަސްރަﷲ ވިދާޅުވިއެވެ. 

އިތުރަށް މައުލޫމާތު ދެއްވަމުން ނަސްރުﷲ ވިދާޅުވީ މާދަމާ އެރަށުން ނެގުމަށް ހަމަޖެހިފައިވަނީ 150 ރެންޑަމް ސާމްޕަލް ކަމަށާއި އެ ސާމްޕަލްތައް ނައްސި ކަމަށް ދައްކައިފިނަމަ އަންނަ ބުރާސްފަތި ދުވަހު ރަށް އާންމު ޙާލަތަށް ގެނެވޭނެ ކަމަށެވެ.

މިއީ ކޮވިޑް-19 ބަލި މަޑުކަމުގައި ފަރެސްމާތޮޑާ މޮނީޓަރިންގ ހާލަތަށް ގެނައި 2 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެރަށް މޮނިޓަރިންގ ލާފައި ވަނީ މީގެ 3 މަސް ކުރިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!