އާއިލާއަަށް ހިތާމައެއްދީފައި ހިލޭ މަރުވެގެން ދިއުމުގެ ބަދަލުގައި ކުދިންތިބިނަމަ އެކުދީން މުއްސަދިކޮށްފައި ދިއުން މާހެޔޮކަންބޮޑެވެ. ރަސޫލާގެ ހަދީޘް ކުރައްވާފވަނީ “ތިޔަބައިމީހުންގެ ދަރިން މީސްތކުންނަށް ތަކުލީފަކަށްހަދައި މީހުންނަށް ސަލާންޖެހުމަށް ދޫކޮށްފައި ދިއުމަށްވުރެން، އެކުދީން މުއްސަދިކޮށްފައި ދިއުން މާހެޔޮކަން ބޮޑެވެ.” މިހަދީޘްއަށް ބަލާލުމުން އެގެނީ ކުދިން މުއްސަދިކޮށްފައި ދިއުމަކީ އެންމެ ހެޔޮކަން ބޮޑުވެގެންވާ ގޮތްކަމެވެ. އެހެންކަމުން މިހާލަތުގައި ކުދިން މުއްސަދި ކޮށްދިނުމުގެ މަޤުސަދުގައި ހުރިހާ ގުނަވަންތަކެއް ވިއްކާލުމަށް އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު ހުއްދަކުރޭތޯއެވެ.
އަޅުގަނޑުގެ ނަޒަރުގައި މިކަން ކުރުމަކަށް ދިވެހި ރާއްޖޭގެ ޤާނޫނު މަނައެއްނުކުރެއެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާގައިވަނީ “އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއްކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ. އަދި ޤާނޫނަކުން ހުއްދަލިބިގެންމެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމަ އެކަކުވިޔަސް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެއެވެ.” ގުނަވަންތަށް ވިއްކުމަކީ ދިވެހިރާއްޖޭގެ ޤާނޫނު މަނާކުރާކަމެއްނޫނެވެ. ކޮންމެ މީހަކަށްވެސް ގުނަވަންތަށް ވިއްކުމުގެ މިނިވަންކަން ދިވެހިރާއްޖޭގެ ޤާނޫނުން ލިބިގެންވެއެވެ. ދެންއޮތީ މިކަމަކީ އިސްލާމީ ޝަރީއަތުގައި ހުއްދަކަމެއްތޯ ނުވަތަ ނޫންތޯ ގެ ބަހުޘް އެވެ. މިމައްސަލައަކީ އައުމައްސަލެއް ކަމަށްވެފައި އިލްމުވެރީންގެ މެދުގައި ވަރަށް ގަދަޔަށް ބަހުޘް ކުރެވެމުންދާ މައްސަލަަކަށްވާތީ މިކަމުގައި ގިނައިލްމުވެރީން ބުރަވެވޭ ގޮތްނޭގޭ ކަމަށް އިޢުތިރާފުވަމުން މިވާހަކަ ކުރުކޮއްލަމެވެ.
ރާއްޖޭގެ ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މި މައުޟޫއަށް ވާހަކަދައްކަވަމުން ވިދާޅުވީ، ޝަރުޠަކާއެކު ގުނަވަން ހަދިޔާ ކުރެވިދާނެ ކަމަށައި، ހަދިޔާ ކުރެވޭ ގުނަވަނަކީ ނަސަބު އޮޅިގެން ދިއުމަށް ބާރުލިބޭ ފަދަ ގުނަވަނަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ގުނަވަން ހަދިޔާކުރެވޭ މީހާއަކީ އެމީހެއްގެ ލޭ ހުއްދަވެގެންވާ ފަދަ މީހަކަށް ވެގެން ނުވާނެ ކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ. އެގޮތުން ހަނގުރާމަވެރި ކާފަރުންނަށާއި ޤިޞާޞް ހިފަން ޖެހިފައިވާ މީހަކަށް ގުނަވަނެއް ހަދިޔާއެއް ނުކުރެވޭނެ ކަމަށް ރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ ވިދާޅުވެފައެވެ.
ގުނަވަން ވިއްކުމަކީ ހަރާމްކަމެކެވެ. ހަމައެފަދައިން ގުނަވަން ހަދިޔާ ކުރުންވެސް ހުއްދަ އެއް ނޫނެވެ. ނަމަވެސް ބައެއް ޝަރުތުތަކަކާއި އެކު ގުނަވަން ހަދިޔާ ކުރުން ހުއްދައެވެ. އަދި ދިރިހުއްޓާ ހަދިޔާ ކުރެވޭ ގުނަވަނެއް ނަމަ އެ ގުނަވަނަކީ އަސާސީ ވަޒީފާ ނުވަތަ ހަށިގަނޑު މަސައްކަތް ކުރަން ކޮންމެހެން ބޭނުންވާ ގުނަވަނެއް ކަމުގައި ވެގެން ނުވާނެއެވެ. އަދި ދަންނަވަމެވެ. ލޭ ހުއްދަވެފައިވާ ފަރާތެއް ކަމުގައި ވިޔަސް މަރުވުމަށްފަހު ގުނަވަންތައް ހަދިޔާ ކުރަން ވަސިއްޔަތް ކުރެވޭނެއެވެ. މަރުވެފައިވާ ފަރާތްތަކުގެ ގުނަވަންތައް ބޭނުންކުރެވޭނީ ވެސް އެ ފަރާތްތައް ދިރި ތިއްބާ ވަސިއްޔަތް ކޮށްފައިވާ ކަމުގައި ވާނަމައެވެ. އިސްކުރަންވީ އަމިއްލަ ނަޒަރެއް ނޫނެވެ. ޝަރީޢާގައި އޮތް ގޮތެވެ. އަދި އންސާނާގެ ގުނަވަން ވިއްކުން މަނާކަމަށް ގާނޫނުގައި ކަނޑައެޅިގެން ލިޔެވިފައި ނެތަސް އެއީ ޝަރީޢާ އާއި ޚިލާފްކަމެކެވެ.