އެޑިޓަރުގެ ނޯޓް : މިއީ ތުންތުން މަތިން ދެކެވެމުން އަންނަ ފޯކްލޯރެއްގެ މައްޗައް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.
ދުވަސްވަރަކީ ރާއްޖޭގެ ކަނޑު އުޅަނދު ފަހަރުގައި އިންޖީނު އެޅި ދުވަސްވަރެވެ. 1974 ވަނަ އަހަރު ނިލަންދޫގެ ރާވެރިން ތަކެއް ހައްޖަށް ދާން ގަސްތުކޮށް ވަރަށް ކުރިން ދަތުރަށް ތައްޔާރުވާން ފަށައިފިއެވެ.
ހައްޖު މަހަށް އެއްމަސް ކުރިން މިމީހުން ހައްޖު ދަތުރަށް ރަށުން ފުރައިފިއެވެ. ރަށުން ފުރައިގެން ގޮސް ތިބި ކަމަށްވަނީ ނިލަންދޫ އާއި 3 މޭލު ދުރުގައިވާ ދާންދޫ ފަޅު ތެރޭގައި އޮންނަ ވޮޑަމުލާ ކިޔާ ރަށެއްގައެވެ. ހައްޖުމަސް ނިމުމުން މިހޫން އެނބުރި ނިލަންދޫއަށް ގޮސްފިއެވެ.
ހައްޖުވެރިން އައުމުން ތިމާގެ އާއިލާ މީހުން އެމީހުންގެ ހާލުއަހުވާލު ބަލައިލަން ދިޔައެވެ. ހައްޖަށްދިޔަ އެއްވެސް މީހަކަށް ރަށުބަހުން ވާހަކަ ދައްކާކަށް ނޭނގުނެވެ. ދެމަސް ދުވަސްތެރޭ ރަށު ބަސް ހަނދާންނެތި އަރަބި ބަހުން ވާހަކަ ދެއްކަން ފެށިއެވެ. ރަށު މީހުންވެސް އެމީހުންނަށް އެނގުނު ގޮތަކަށް އަރަބި ބަހުން ހާޖީންނާއި ވާހަކަ ދައްކަން ފަށައިފިއެވެ
ހާޖީންގެ ތެރެއިން އެކަކު ވޮޑުމުލާ ދައްކާފައި ރަށު މީހުން ކައިރީ އެހިއެވެ ކޯން ކޯންކާ ގަންޖީރާހޭ.؟ ޖަވާބުގައި އެތަނުން މީހަކު ބުންޏެވެ “ވޮޑުމުލުކާ ޖަޒީރާހޭ” ދެން މަސް އައިނެއް ދައްކާފައި ހައްޖަށް ދިޔަކަމަށް ބުނާ ހާޖީ އަކު ބުންޏެވެ. “ލާގުދާ ވަލާގުދާ” އެބުނީ ތިއޮތީ ބޮޑު މަސްއައިނެއް ނޫންހެއްޔެވެ. މިކަހަލަ ކިތަންމެ ވާހަކައެއް ދެއްކި ކަމަށް މީހުން ކިޔައި އުޅެއެވެ.
ނިލަންދޫ ރާވެރިން ހައްޖަށްދިޔަ ވާހަކަ އަކީ ކިހާވަރެއްގެ ހަޤީގަތެއް އެކުލެވިގެންވާ ވާހަކައެއް ކަމެއް ނޭގެއެވެ. މިވާހަކައަކީ ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގެ މީހުން ގއ.ނިލަންދޫގައި ހިނގި ކަމެއްކަމަށް ދައްކާ އުޅޭވާހަކައެކެވެ ރާއްޖޭގެ ރަށްތަކުގެ މެދުގައި އެޒާމާނުގައި އެއްރަށުގެ މީހުން އަނެއް ރަށުގެ މީހުންނާ ހަނގާކުރުމުގެ ގޮތުން މިކަހަލަ ކިތަންމެ ފުލޯކް ވާހަކަ ދައްކާފަވެއެވެ.
ތިޔައީ ފްލޯކް ވާހަކައެއް. އަހަރުންގެ ކާފަ މެންވެސް އަހަރުމެން ކުޑައިރު ތި ވާހަކަ ކިޔާދޭ. މިހެން ނޫހަކުން ފެނުނީމަ ކާފަ މެން މަތިން ހަނދާން ވަނި
ތިއުޅެނީ އޮޅިގެން
ތީ ނިލަދުއަތޮޅު އުތުރުބުރީ ފ.ދަރަބޫދު މީހުންނައް ދިމާވިހާދިސާއެއް
ޚޮނ ފ..ދަރަނބޫދޫ އެކޭ ކިޔާަކައްތަ ތީ ހަމަ އިހުޒަމާނު މީހުން ކިޔާ އެއްޗެއް ގއ. ނިލަންދޫ މީހުން ނިސްބައް ކޮށް