ޚަބަރު
ހައްޔަރުކުރި މީހަކަށް އަނިޔާކުރި ފުލުހުންނަށް ފިޔަވަޅު އަޅަން ގޮވާލައިފި

ލ.ކަޅައިދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކަށް އަމިޔާކުރި މައްސަލައިގައި ޝާމިލުވާ ހުރިހާ ފުލުހުންނަށް ދައުވާކުރުމަށް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އިން ލަފާދީފިއެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރ މަހު 6ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ލ.ކަޅައިދޫން ހައްޔަރުކޮށް އަނިޔާކޮށްފައިވަނީ އެރަށު ސްވީޓްހާޓް އަހުމަދު ސިރާޖްއަށެވެ. އެރަށު މޫނިމާގެއިން ވައްކަން ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް އަނިޔާކުރުމަށްފަހު އޭނަ ލައްވާ ގަދަކަމުން ބަޔާން ނަގާފައިވާކަމަށް ސިރާޖު ވަނީ ބުނެފައެވެ. އެގޮތުން އޭނާއަށް ލިބުނު އަނިޔާތަކަކީ ގޭގައި ހުއްޓާ ލިބުނު އަނިޔާތަކެއް ކަމަށް ބުނެ ބަޔާން ދިނުމަށް ފުލުހުން ވަނީ އޭނާއަށް މަޖުބޫރުކޮށްފައެވެ. އަދި އެގޮތަށް ބަޔާންދިނުމުން އޭނާ ދޫކޮށްލާނެކަމަށް ފުލުހުން ވަނީ އޭނާއަށް އަންގާފައެވެ.

މިމައްސލައާއި ގުޅިގެން މަޖުލީހުގެ ދިރާސާ ކޮމެޓީން ވަނީ މައުލޫމާތު ހޯދާފައެވެ. މިމައްސަލަ ދިރާސާކުރިއިރު އެކަމާ ގުޅިގެން ފުލުހުން އެއްވެސް ތަހުގީގެއް ހިންގިތޯއާ އެކަމާ ގުޅިގެން ފުލުހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ އަދި އެޅި ފިޔަވަޅެއް ނަމަ އެކަމެއްގެ ތަފްސީލު ކޮމެޓީން ވަނީ ހޯދައިފައެވެ.

އެގޮތުން މިމައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑުން ތަހުގީގު ކޮށްފައިވާ ކަމާއި މިމައްސަލައިގެ ތަހުޤީގުކުރެވިފައިވާކަން ކޮމެޓީއަށް ވަނީ ހޯދާފައެވެ.

އެހެންނަމަވެސް ސިރާޖަށް އަނިޔާކުރިކަމަށާއި ދޮގު ބަޔާން ދިނުމަށް މަޖުބޫރުކުރުވިކަމަށް ބުނާ ބުނުން ފުލުހުން ވަނީ ދޮގުކޮށްފައެވެ.

ތަހުގީގުން ހާމަވިގޮތުގައި ފުލުހުން ސިރާޖަށް އަނިޔާ ކުރިކަމަށް ފެންނާތީ މައްސަލާގައި ތުހުމަތު ކުރެވޭ ތިން ފުލުހަކަށް އަށްމަސް ދުވަހަށް ކައިރިން ސުޕަވައިޒް ކުރެވޭނެ ގޮތަށް ވަޒީފާ އަދާކުރުވުމަށާއި އަދި މައްސަލައިގެ ތުހުމަތު ކުރެވޭ އިތުރު ދެ ފުލުހަކަށް ގާބިލްކަން އިތުރުވާ ފަދަ ހާއްސަ ކައުންސިލިން އެއް ދިނުމަށް ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ވަނީ ނިންމާފައެވެ.

ދިރާސާ ކޮމެޓީން ވިދާޅުވާ ގޮތުގައި މީހަކަށް އަނިޔާ ކުރުމަކީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން ޖިނާއީ ކުށަކަށްވާއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ފުލުހުންތަކެއްގެ ސަބަބުން އަނިޔާ ލިބުނުކަން އެނގެން އޮތްއިރު އިދާރީ ފިޔަވަޅެއް އަޅައިގެން އެފަދަ މައްސަލައެއް ނިންމާލުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި  ގާނޫނެއްގައި ބަޔާން ކުރެވޭ ޖިނާއީ ކުށެއް އެއްވެސް ފަރާތަކުން ކޮށްފި ނަމަ އެ ކުށްކުރި ފަރާތާއި މެދު ޖިނާއީ އަދުލުގެ ނިޒާމުގައިވާ ގޮތުގެ މަތިން ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށެވެ. މިމައްސލައިގައި ތަހުޤީގު ހިންގާ މިކަމުގައި ޝާމިލުވާ ހުރިހާ ފުލުހުނަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ އެ ރިޕޯޓު މިއަދުގެ މަޖިލިސް ޖަލްސާގެ ވޯޓު ގަޑީގައި ފާސްކުރާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!