ރިޕޯޓް
ޕްރިނޭޓަލް ޑިޕްރެޝަން ދެނެގަތުން މުހިންމު

މާބަނޑުވުމަށްފަހު އަދި ވިހެއުމަށްފަހު ޑިޕްރެޝަން އާއި ކުރިމަތިލުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ސިއްޚީ މައްސލައެކެވެ. ޑިޕްރެޝަންގެ ވަރަށް ގިނަ ވައްތަރުހުރެއެވެ. އޭގެތެރޭގައި ޕްރިނޭޓަލް ޑިޕްރެޝަންއަކީ ހާއްސަކޮށް މާބަނޑުމީހުންނަށް ކުރިމަތިވާ ހާލަތެކެވެ.

ޕްރިނޭޓަލް ޑިޕްރެޝަންގެ އަލާމާތްތަކުގެތެރޭގައި ގައިން ވަރުދޫވުމާއި، ކަންކަމަށް ސަމާލުކަން ދިނުމަށް އުނދަގޫވުން، ކައިބޮއި ހެދުމާއި ނިދުމުގެ އާދަތަކަށް ބަދަލު އައުން، ތިބާއަކީ ބޭކާރު މީހެއްކަމަށް އިހުސާސް ކުރެވި އަމިއްލައަށް މަރުވުމުގެ ފިކުރު ކުރެވެއެވެ. މިއީ އާދައިގެ ޑިޕްރެޝަނަށްވުރެ ނުރައްކާތެރި ހާލަތެކެވެ.

ބައެއް މީހުންނަށް މާބަނޑުދުވަސްވަރުގައި މިޑިޕްރެޝަން ތަހައްމަލްކުރަންޖެހޭއިރު އަނެއް ބައި ފަހަރު ވިހެއުމަށަފަހުވެސް މިގޮތަށް ދިމާވެއެވެ. ވިހެއުމަށްފަހު ފެންނަ އަލާމާތްތަކުގެ ތެރޭގައި މައިމީހާއަށް އަވަސް އަވަހަށް ރޮވޭ ގޮތްވުމާއި، ކުދިކުދި ކަންކަމާއި އުނދަގޫވުމުގެ އިތުރުން ވަރު ބަލިވުމާއި ކަންކަމާއި ހާސްވެ ނުތަނަވަސްވާ ގޮތްވެއެވެ. ނަމަވެސް މިކަންތައްތައް މާގިނަ ދުވަހަކު ނުހުރެއެވެ.

މިއީ ބަލިވެ އިންނަ ކޮންމެ ހަތް މީހަކުން އެކަކަށް ކުރިމަތިވާ ހާލަތެކެވެ. އެހެންނަމަވެސް ގިނަފަހަރު މިކަމަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. އޭގެ ސަބަބުން ދެމަފިރިންގެ ގުޅުމަށް ހީނަރުކަން އައިސް ދަރިއެއް ލިބޭ ހިސާބުން އާއިލާ ރޫޅިގެންދާ ހިސާބަށްދެއެވެ.

މިފަދަ ޑިޕްރެޝަން އެންމެ ގިނައިން ދިމާވަނީ ގެވެށި އަނިޔާ އާއި ފުރައްސާރައިގެ ޝިކާރައަކަށްވާ މީހުންގެ އިތުރުން ޅަ އުމުރުގައި، ވަކީން ހާއްސަކޮށް ފުރާވަރު އުމުރުގައި ބަލިވެ އިންނަ އަންހެނުންނަށެވެ.

މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ދެވިދާނެ ފަރުވާތަކުގެ ތެރޭގައި ކޮގްނިޓިވް ބިހޭވިއަރަލް ތެރެޕީއާއި އިންޓަޕާސަނަލް ތެރަޕީގެ އެހީގައި އެމީހަކަށް ކައުންސިލިންގް ތެރަޕީތައް ދިނުމާއި، ބަލިވެއިންނަ އަންހެން މީހާއަށާއި ދަރިއަކު އުފަންވުމަށްފަހު ހިންގާ ޖިސްމާނީ ހެލިފެލިވުމުގެ ކަސްރަތު ޕްރޮގްރާމްތަކާއި، ލިޔުންތެރިކަމުންނާއި ކެއިންބުއިމުގެ އާދަތަކުން ވެސް މިކަމަށް ފަރުވާ ކުރެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!