ޚަބަރު
ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އިތުރު 3 މީހެއްގެ މައްޗަށް ދައުވާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މެއި ހަވަނަ ދުވަހު ދިން ހަމަލާގެ މައްސަލައިގައި އިތުރު 3 މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލާގައި ދައުވާކުރަން ފޮނުވާފައިވަނީ، ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީއާއި، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޡިމްގެ އިތުރުން މ. ކުދެހިގެ، އިސްޙާޤުގެ މައްޗަށްކަމަށެވެ. ޕީޖީ އޮފީހުން ބުނީ 6 މެއި 2021 ގައި ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ މައްސަލައިގައި އިތުރު ބައެއްގެ މައްޗަށް ދަޢުވާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީގެ މައްޗަށް އުފުލާފައިވަނީ، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޡިމްގެ މައްޗަށް އުފުލާފައިވަނީ ން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެވެ. އަދި މ. ކުދެހިގެ، އިސްޙާޤުގެ މައްޗަށް އުފުލާފައިވަނީ ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއާއިި، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މީގެ ކުރިންވެސް 4 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.