ޚަބަރު
ވެކްސިން ފުރިހަމަ ކުރި ދަރިވަރުންގެ އަދަދު 11 ހާހަށް!

ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން 11،000 އަށް ވުރެ ގިނަ ދަރިވަރުން ޖަހައިފިއެވެ.

ސަރުކާރުން އެންމެ ފުރަތަމަ އަމާޒު ހިފީ މިދިޔަ މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށްވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުމެވެ. އެގޮތުން ސްކޫލު ކުދިންގެ 12 އަހަރާއި 17 ގެ ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންވާ ވަރަށް ފައިޒާ ވެކްސިން ވަނީ ރާއްޖެ ގެނެސްފައެވެ.

ރާއްޖޭގެ އާބާދީގެ 12 އަހަރާއި 17 އަހަރާ ދެމެދުގެ 35،152 ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބުނެފައިވެއެވެ. އޭގެތެރެއިން ވެކްސިންގެ ދެވަނަ ޑޯޒު 11،653 ދަރިވަރުން ފުރިހަމަކޮށްފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންގެ ތެރެއިން ވެކްސިން ޖެހޭނެ، ގާތްގަޑަކަށް 40000 ދަރިވަރުން ތިބިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖެއަށް ވެކްސިން ލިބި އަދި މިހާތަނަށް ވެކްސިން ޖެހޭ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ވަނީ ދީފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިންގެ ދެވަނަ ޑޯޒް، މުޅި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ޖަހާ ނިންމާފައެވެ.

Comment