ޚަބަރު
ރައީސް ޔާމީނާ އެއްވަރަށް މުރާލިވާން ނާޒިމް އަދި ވަރަށް މަސައްކަތް ކުރަންޖެހޭ: ނަރީޝް

ރައީސް ޔާމީނާ އެއްވަރަށް މުރާލިވާން ކާނަލް ނާޒިމް އަދި ވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށް މާލެސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނާއި އެއްވަރަށް މުރާލިވާން ކާނަލް ނާޒިމް އަދި ވަރަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، މުރާލިވެގެން ނާޒިމް ކުރެއްވި ކަމެއްްވެސް ރައްޔިތުންނަށް ސާފުވާން ޖެހޭނެ ކަމަށެވެ.

އަދި 7 ފެބްރުއަރީ 2012 ގައިވެސް ނާޒިމާއި ރިޔާޒު ޖުމްހޫރީ މައިދާނަށް ވަޑައިގަތީވެސް ފޮނިކޮޅު ބޯލުމަށް ކަމަށްވެސް ނަރީޝްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީނަކީ ކަންނެތް ބޭފުޅެއް ކަމަށް ނާޒިމް ވިދާޅުވުމުން ވަރަށް ގިނަ މީހުންގެ ފާޑުކިއުން އޭނާއަށް ވަނީ އަމާޒުވެފައެވެ. އަދި ނާޒިމްގެ މިވާހަކައަށް އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުންވެސް ރައްދުދެއްވާފައިވެއެވެ.

ކާނަލް ނާޒިމް މިހެން ވިދާޅުވިއިރު ނާޒިމް އިސްވެ ހުންނަވައިގެން މަޖިލީހުގެ އިތުރު ހަތަރު މެމްބަރުންނާ އެކު ޕާޓީ ވުޖޫދަށް ގެނައުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައި 15 ގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!