ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތުގައި އެންމެގިނަ މުއައްޒަފުން ޙަރަކާތްތެރިވާ އެއް ފަރާތަކީ ނަރުހުންނެވެ. ނަރުހުންނަކީ ސިއްޚީ ޚިދުމަތުގައި މުހިންމު ރޯލެއް އަދާކުރާ ބައެކެވެ. ޓްރީ ޓޮޕްގެ ޙިދުމަތްތައް ފެށުމާއެކު ނަރުހުންގެ ޙިދުމަތް އަދި ޙާއްސަކޮށްސްޕެޝިއަލިސްޓް ނަރުހުންގެ ޙިދުމަތް ފުޅާކުރުމަށްޓަކައި ރަޖިސްޓަރޑް ނަރުހުން އަދި މިޑް ވައިފްގެ އެހީތެރިކަން ހޯދުމަށްޓަކައި ހުއްޓުމެއް ނެތި ނަރުހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ތަޢުލީމާއި ތަމްރީނުގެ ރޮގުން ނަރުހުން ބާރުވެރިކޮށް، ނަރުހުންގެ ޚިދުމަތް ފުޅާކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ނަރުހުންނަކީ ސިއްޙީ ޙިދުމަތް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއްފަރާތެވެ. އެހެންކަމުން، ޓްރީ ޓޮޕް ހޮސްޕިޓަލުން މިކަން ފާހަގަ ކޮށް، ނަރުހުންގެ ދާއިރާއިން ޙާއްސަ ސްކޯލާޝިޕްތަކެއް، ޑިޕްލޮމާ އަދި އަންޑަރ ގްރެޖުއެރޓް ޑިގްރީގެ ގޮތުގައި ވިލާ ކޮލެޖާ ގުޅިގެން ހުޅުވާލުމަށްވަނީ ހަމަޖެހިފައިއެވެ. މި ސްކޮލަރޝިޕްތަކަކީ ސިއްޚީ ދާއިރާއިން މަތީ ތައުލީމު ޙާސިލްކުރުމުށް ބޭނުންވާ ދަރިވަރުންނަށް އެކަމަށް މަގުފަހުވެގެންދާނެ ފުރުސަތެއް ކަމުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ދެކެއެވެ.
ސްޕޮންސަރޝިޕް ތަފްސީލް:
ޝަރުތު:
އިޙްތިޔާރްކުރައްވާ ކޯހަށްއެދޭ ފަރާތަކީ؛
ހ. ދިވެހި ރައްޔިތެއް ކަމުގައި ވުން
ށ. ކޯހަށް އެދޭ ފަރާތަކީ ވިލާ ކޮލެޖުން އެޑްމިޝަންގެ އެންމެހައި ކަންތައް ފުރިހަމަ ކުރެއްވުމަށް ފަހު، ކޯހުން ޖާގަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
1. ބީ.އެސް.ސީ ނަރސިންގް (2 އަހަރު)
2. ޑިޕްލޮމާ އިން ނަރސިންގް (3 އަހަރު)
ނ. އަލަށް ކޯހަށް ވަންނަ އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ކޯހަށް ހުށަހެޅިދާނެއެވެ.
ރ. ކޯހަށް އެދޭ ފަރާތަކީ އެހެން ސްކޮލާޝިޕެއް ލިބި ތައުލީމު ހޯދަމުންދާ ނުވަތަ ވިލާ ކޮލްޖް ނޫން އެހެން ތަނަކުން ތައުލީމު ހާސިލްކުރަމުންދާ ފަރާތަކަށް ވެގެން ނުވާނެއެވެ.
ޕްރޮގްރާމްގެ ބައިވެރިވުމަށް ޝަރުތު ފުރިހަމަވޭތޯ ބެލުމަށް ނުވަތަ ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތަކުން، 23 ސެޕްޓެންބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 1700 ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލް ކޮށްދެއްވުން އެދެމެވެ.
ކޯހަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:
ހ. އެޓެސްޓްކުރި ތައިލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް
ށ. އެޓެސްޓްކުރި ދިވެހި ރަތްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
ނ. ޕާސްޕޯޓް ސައިޒް ފޮޓޯ
ރ. ފުރިހަމަކޮށް ސޮއިކޮށްފައިވާ އެޕްލިކޭޝަން ފޯމް
ބ. ކޯހަށް ހޮވުނުކަމަށް ކޮލެޖުން ދޫކޮށްފައިވާ ސިޓީ
ޅ. ޕޮލިސްރިޕޯޓް