ޚަބަރު
ގައިދީއަކު ކުއްލިގޮތަކަށް ނިޔާވުމާއި ގުޅިގެން އެމައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހަޅައިފި

ހުޅުމާލޭ ޖަލުގައި ހުކުމެއް ތަންފީޒުކުރަމުންދިޔަ ގައިދީއަކު ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެން އާއިލާއިން ކުރާ ތުހުމަތުތައް ބެލުމަށް ތަހުގީގެއް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

ހުޅުމާލޭ ޖަލުގައި ތިން އަހަރުގެ ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ކުއްލިގޮތަކަށް ނިޔާވެފައިވަނީ، ގދ. ވާދޫ / ޖަނަވަރީގެ މުހައްމަދު އަސްލަމް (40އ) އެވެ.

އެގޮތުން އާއިލާއިން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ގޮވާލާ މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ، އަސްލަމް ނިޔާވިކަން އާއިލާއަށް އެނގުނީ ކަރެކްޝަނަލް ސާވިސްގެ ފަރާތުން ނޫން ކަމަށާޢި، ކުއްލި ހާލަތުގައި ގުޅަން އަސްލަމްގެ ފަރާތުން ކަރެކްޝަނަލް ސާވިސްއަށް ދީފައި އޮތް ނަންބަރަށް ކަރެކްޝަނަލް ސާވިސްއިން ގުޅާފައިވެސް ނެތްކަމަށް އާއިލާއިން މައުލޫމާތުދޭ ކަމަށެވެ.

އަސްލަމް ނިޔާވި މައްސަލައިގައި މީގެ ކުރިން މީޑިއާތަކަށް އާއިލާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އަސްލަމް ނިޔާވެފައިވާ ކަން އާއިލާއަށް އެނގިފައިވަނީ ދެގަޑިއިރު ފަހުން ކަމަށާއި، އެކަންވެސް އެނގިގެން ގޮސްފައިވަނީ އާއިލާއިން ކުރި މަސައްކަތުން  ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!