ޚަބަރު
ވަޒީފާގެ ކުރިއެރުން ދިނުން ހުއްޓާލުމާއި ދެކޮޅަށް އައިޖީއެމްއެޗްގެ މުވައްޒަފުން ނިކުމެއްޖެ

ސިވިލްސާވިސްގެ ފަންނީ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލް އަށް ރިއާޔަތްކޮށް، މަގާމުގެ ކުރިއެރުން ދިނުން މަޑުޖައްސާލަން ފިނޭންސް މިނިސްޓްރީގެ ލަފައާއެކު ސިވިލް ސާވިސް ކޮމިޝަނުން ނިންމުމުން އެކަމާ ދެކޮޅަށް އައިޖީއެމްއެޗްގެ ސިއްހީ ހިދުމަތްތެރިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

އައިޖީއެމްއެޗްގެ ހިއްހީ ހިދުމަތްތެރިން މިހާރު ސޮއިކުރަމުން ގެންދާ ޕެޓިޝަނުގައި ބުނެފައިވަނީ އިގްތިސާދީ ތަދުމަޑުކަމުން ސަލާމަތްވުމަށްޓަކައި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ދިވެހި ސިވިލް ސާވިސަސްގެ ފަންނީ ވަޒީފާގެ އޮނިގަނޑުގައި ތިބި މުވައްޒަފުންނަށް ހިދުމަތުގެ މުއްދަތަށާއި މަސައްކަތުގެ ފެންވަރަށް (ޕަރފޯމަންސް އެޕްރައިސަލް) އަށް ތިއާޔަތްކޮށް ދެވޭ ގްރޭޑުގެ ކުރިއެރުން މަޑުޖައްސާލުމަށް ނިންމާފައިވާތީ، އެނިންމެވުމަކީ ބޭއިންސާފުން ނިންމަވާފައިވާ ނިންމެވުމެއް ކަމުގައި ޑޮކްޓަރުންނާއި ނަރުހުން އަދި ލެބޯޓަރީ ޓެކްނީޝަނުންނާއި އެހެނިހެން އެލައިޑް ހެލްތް ސްޓާފުން ގަބޫޅުކުރާ ކަމަށެވެ.

ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ވަރުބަލިކަމާއެކުވެސް އެންމެ ކުރީ ސަފުގައި ފަސްޖެހުމެއްނެތި ރެޔާއި ދުވާލު މަސައްކަތް ކުރަމުން އަންނަ އެންމެ މުހިންމު އެއްބަޔަކީ ސިއްހީ ދާއިރާގެ މުވައްޒަފުންކަމުގައި މުޅި ދުނިޔެ އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވެސް ގަބޫލުފުޅު ކުރައްވާކަން ފާހަގަކޮށް ޕެޓިޝަންގައި ބުނެފައިވަނީ ކަންމިހެން އޮތްއިރު ދިވެހިރާއްޖެ ފަދަ ޒަމާނީ ވަސީލަތްތަކާއި ފަންނީ މުވައްޒަފުން މަދު ގައުމެއްގައި އެންމެހާ ރައްޔިތުންނަށް ލިބިދޭންޖެހޭ ސިއްހީ ހިދުމަތްތައް އަދި ހާއްސަކޮށް ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ހުއްޓުމެއްނެތި އަދިއަދާ ޖެހެންދެންވެސް ކުރަމުން އަންނަ ސިއްހީ ހިދުމަތްތެރިންނަށް އިތުރު ހިތްވަރެއް ނުވަތަ ކުރިއެރުމެއްގެ ބަދަލުގައި މިފަދަ ހަރުކަށި ނިންމުމެއް ނިންމުމަކީ މިވަގުތު އެދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ މުވައްޒަފުންނަށް ދެވޭނެ އަދަބެއް ކަމަށެވެ.

އައިޖީއެމްއެޗް އަކީ އެންމެ ބޮޑު ހޮސްޕިޓަލަށްވެފައި، ސިވިލް ސަރވިސްގެ ދަށުން ދެވޭ މުސާރައަކީ ކުރެވޭ މަސައްކަތާއި އަޅާކިޔޭ ވަރުގެ މުސާރައެއް ނޫން ކަމުގައި ގަބޫލުކުރާ އެތައް މުވައްޒަފުންނެއް މިހާރުވެސް އަމިއްލަ ކުންފުނިތަކަށް ބަދަލުވަމުންދާ މި ދަނޑިވަޅުގައި މިފަދަ ނިންމެވުމެއް ނިންމެވުމަކީ މިކަމަށް ކޮށައިދެވޭނެ މަގެއް ކަމުގައި ދެކޭކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

“މިފަދައިން މުވައްޒަފުން ވަކިވެގެންދާނަމަ، މިހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތަކަށް ބޮޑެތި ހީނަރުކަމެއް އައިސް ބައެއް ހިދުމަތްތައް ހުއްޓުމަކަށް އައުމަކީ ދުރު ކަމެއްކަމުގައި ނުފެނެއެވެ. އަދި ދިވެހި ރާއްޖޭގެ ސިވިލް ސާރވިސް ގަވައިދުގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ވަކި މުއްދަތަކަށް ވުރެ އިތުރަށް މަސައްކަތް ކުރުމުން ގްރޭޑްގެ އަދި މަގާމުގެ ކުރިއެރުން ލިބުމަކީ އެ މުވައްޒަފެއްގެ ހައްގެކެވެ. ވީމާ، ސިއްޙީ މުއްޒަފުންނަށް އޮނިގަނޑުގެ ތެރެއިން ލިބެންޖެހޭ، ހިދުމަތުގެ މުއްދަތަށާއި މަސައްކަތުގެ ފެންވަރަށް (ޕަރފޯމަންސް އެޕްރައިސަލްއަށް) ރިޢާޔަތްކޮށް ދެވޭ ގްރޭޑުގެ ކުރިއެރުން މަޑުޖެއްސެވުމަށް ނިންމެވުމަކީ މިދާއިރާގެ މުވައްޒަފުންގެ ހައްގަކަށް އަރައިގަތުން ކަމުގައި ދެކެމެވެ.” ޕެޓިޝަންގައި ބުނެފައި ވެއެވެ.

ސިވިލްސާރވިސް ކޮމިޝަނުން މިކަމުގައި މުވައްޒަފުންނަށްޓަކައި ވަކާލާތު ކުރައްވަން ތެދުވެ ވަޑައިންނުގަންނަވާކަން ފާހަގަކޮށް މިކަމާ ހިތާމަ ކުރާކަމަށް ވެސް ޕެޓިޝަންގައި ބުނެފައި ވެއެވެ. އެހެންކަމުން، ސިއްޙީ ދާއިރާގެ މުއްޒަފުންގެ އޮނިގަނޑުގެ ތެރެއިން ހިދުމަތުގެ މުއްދަތަށާއި މަސައްކަތުގެ ފެންވަރަށް (ޕަރފޯމަންސް އެޕްރައިސަލްއަށް) ރިޢާޔަތްކޮށް ދެވޭ ގްރޭޑުގެ ކުރިއެރުން މަޑު ޖެއްސެވުމަށް ނިންމެވި ނިންމެވުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެނިންމެވުން ވަގުތުން ވަގުތައް އަނބުރާގެންދެވުމަށް ޕެޓިޝަންގައި ގޮވާލާފައި ވެއެވެ.

މަގާމުގެ ކުރިއެރުން ދިނުން މަޑުޖައްސާލި މައްސަލާގައި ހެލްތު މިނިސްޓްރީ އާއި ސީއެސްސީ އާއި ނޭޝަނަލް ޕޭ ކޮމިޝަނާ އެކު މަޝްވަރާ ކުރިޔަސް އެއްވެސް ކުރިއެރުމެއް ލިބިފައި ނެތް ކަމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!