ރިޕޯޓް
ގައްދޫ ހައްވަންޏަ، ހުނަރުވެރި ރާވެރިއެއް، ކަނބަލުންނަށް ނަމޫނާއެއް

ދިވެހިންނަކީ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިންގެ އަމިއްލަވަންތަ މަސައްކަތުން ދިރިއުޅުން ބިނާކުރަމުން އަންނަ ބަޔެކެވެ. އެގޮތުގުން މަސްވެރިކަމާއި، ދަނޑުވެރިކަން، ތިލޭރުކަމާއި ވަޑާންކުރުމުގެ އިތުރުން ރާވެރިކަމަކީވެސް އެވޭލާ ޒަމާނުން ފެށިގެން ދިވެހިން ކައިބޮއި އުޅުމަށް ކުރަމުން އަންނަ މަސައްކަތެކެވެ. މިހުރިހާ މަސައްކަތްތަކަށް ބަލާލާއިރުވެސް މިއީ ފިރިހެނުންނަށް ހާއްސަ މަސައްކަތްތަކެކެވެ.

އެވޭލާ ޒަމާނުގައި ފިރިހެނުން މަސްބާނައިގެން އައުމުން އަންހެނުން އެމަސް ކައްކާ، ހިއްކާ އޭގެން އެކި ބާވަތްތަކުގެ ކާއެއްޗެހި ތައްޔާރުކޮށް ވިއްކައިގެންވެސް އާމްދަނީ ހޯދައެވެ. ރާވެރިން ބާލާ ރާ ކައްކައިގެން ދިވެހި ހަކުރު ހެދުމާއި މިހެންގޮސް ފިރިހެނުންގެ މަސައްކަތުގެ އެއްކޮޅުގައި ހިފާ ބަޔަކު ކަމުގައި އަންހެނުންވަނީ ވެފައެވެ.

ތިލޭރުކަމާއި ވަޑާންކުރުމަކީވެސް ދިވެހިން އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތެކެވެ. ދިވެހިންގެ އަމިއްލަ އުފެއްދުންތަކަކީ ރާއްޖެގެ އިތުރުން ބޭރު ޤައުމުތަކުގައި މިހާރުވެސް ވަރަށް ޑިމާންޑް އޮންނަ އުފެއްދުންތަކެކެވެ. ދިވެހިން އަބަދުވެސް ފާހަނގަވެފައި އޮންނަނީ އުފެއްދުންތެރި ބަޔެއްގެ ގޮތުގައެވެ. ހަމައެގޮތަށް ދިވެހި ހަކުރަކީ ދިވެހިންގެ އުފެއްދުމުގެ ތެރެއިން ފާހަނގަކޮށްލެވޭ މީރު ބާވަތެކެވެ.

މިފަދަ މަސައްކަތްތަކަކީ ފިރިހެނުންނަށް ހާއްސަ މަސައްކަތަކަށްވީ ނަމަވެސް މިހާރު ފެނިގެންދާ އުފާވެރި މަންޒަރަކީ ދިވެހި އަންހެނުން މިމަފަދަ މަސައްކަތްތަކުގައި ފިރިހެނުން ފަހަތަށް ޖައްސާލާފައި ކުރި ހޯދަމުންދާ މަންޒަރެވެ. އެގޮތުން ރޭނުމުގެ މަސައްކަތާއި ރާވެރިކަމުގެ މަސައްކަތުގައިވެސް ދިވެހި އަންހެނުން އުޅެމުންދާ އުފާވެރި މަންޒަރުވެސް މިހާރު ފެނިގެންދެއެވެ. ދިވެހިންގެ ރާވެރިކަމުގެ މަސައްކަތަކީ އެކަމުގެ ފެށުމާއި ހަމަޔަށް ދެވެން ނެތްހާ ޒަމާންވެއްޖެ ކަމެކެވެ. ވިހިވަނަ ޤަރުނުގެ ކުރީން ދިވެހިން ހަކުރު ބޭނުންވާ ހުރިހާ ކަމަކަށްވެސް ބޭނުންކުރަނީ ދިވެހިން އުފެއްދި ދިވެހި ހަކުރެވެ.

ގދ.ގައްދޫ ބާސުރީގޭ ހައްވާމަނިކެ އެންމެން ދަންނަ ނަމުންނަމަ ހައްވަންޏާ އަކީ ވެސް މިފަދަ ހުނަރުވެރި މީހެކެވެ. ޒުވާން އަންހެން ކުދިންނަށް ނަމޫނާ ކަނބަލެކެވެ. ދިރިއުޅުމުގައި ދިމާވި ހުރަސްތައް ގިރާކޮށް އަމިއްލަ ހުވަފެނުގައި ހަގީގީ ކުލަޖެއްސުމުގައި މިންނެތް މަސައްކަތް ކޮށްފައިވާ ކުޅަދާނަ އަންހެން ކަނބަލެކެވެ.

ގދ.ގައްދޫ ބާސުރީގޭ ހައްވާމަނިކެ (ހައްވަންޏަ) — ހުވަދޫ ފޮޓޯ: ޖާވިން އިބްރާހިމް

ރާވެރިކަމަށް ޝައުގުވެރިކަން އުފެދުނު ގޮތާއި ބެހޭ ގޮތުން ސުވާލުކުރުމުން “ހުވަދޫ ނިއުސް” އަށް ކިޔައިދެމުން ހައްވައްތަ ބުނީ ކުޑައިރުއްސުރެވެސް މިކަހަލަ މަސައްކަތްތަކަށް ޝައުޤުވެރިވާކަމަށާއި އެގޮތުން އެމަސައްކަތްވެސް ކުރެވިދާނެކަމަށް ހިތްބުނަމުންދާތީ ފެށި މަސައްކަތެއް ކަމަށެވެ. އެއްވެސް ތަމްރީނެއް ނެތި ފެށި މަސައްކަތް ކާމިޔާބުވުމުން ހައްވައްތަ ނިންމީ  މިމަސައްކަތުން އާމްދަނީއެއް ލިބޭނެ ގޮތަކަށް މިމަސައްކަތް ކުރުމަށެވެ. އެގޮތުން ދިވެހި ހަކުރު ހަދައިގެންނާއި ރުކުރާ ވިއްކައިގެން ލާރި ހޯދައެވެ.

ހައްވަންޏަ ރާބޭލުމުގެ މަސައްކަތުގައި– ހުވަދޫ ފޮޓޯ: ޖާވިން އިބްރާހިމް

“އެންމެ ފުރަތަމަ މިމަސައްކަތް ފެށިގެން ދިޔައީ ގޭގައި ހުރި ކުޑަ ރުކެއް ފޯވުމުން. ހިތަށް އެރީ ޝައުޤުވެރިކަން ހުންނަ ކަމެއްވީމަ މިމަސައްކަތްވެސް ކުރެވޭތޯ ބަލާނީއޭ. ދެން ވަޅިއެއް ހިފައިގެން އައިސް އެތުގެ ބޯކޮޅު ކޮށާލާފައި ކަށިކެޔޮ ފަތުން އެތުގެ ކޮޅު ބަނދެލާފައި ބެހެއްޓީ. އަވަށްޓެރިއަކަށް އުޅޭ ރާވެރިޔަކު ކައިރިން އަހައިގެން ފުޅިބުރިއެއް އެތުގައި ޖަހާލާފައި ބެހެއްޓީ. ތިންދުވަސްފަހުން ބަލާލިއިރު 5 ލީޓަރު ރުކުރާ ލިބުނު އެދުވަހު އެކަނިވެސް.” ހައްވައްތަ ކިޔައިދިނެވެ.

އަވަށްޓެރިޔާގެ އިރުޝާދާ އެއްގޮތަށް ފެށިގެން ދިޔަ މިމަސައްކަތުން ދުވާލެއްގެ މައްޗަށް 5 ލީޓަރ ރުކުރާ ލިބޭ ކަމަށާއި އެ ވިއްކައިގެން ފުދޭ ވަރެއްގެ އާމްދަނީއެއް ލިބޭ ކަމަށް ހައްވައްތަ ބުންޏެވެ. ހައްވައްތަ މިމަސައްކަތް ކުރަމުން ގެންދާތާ މިހާރު 7 އަހަރު ވެއްޖެއެވެ. ހައްވައްތަ ބުނާގޮތުން މިހާރު 10 ރުކުން ލިބޭ ރުކުރާ ކައްކައިގެން ދުވާލެއްގެ މައްޗަށް 2 ހަމާއި ބައި ހަކުރު ހަދައެވެ. އަދި 300 ރުފިޔާއަށް ހަމެއްގެ ރޭޓުން ދުވާލެއްގެ މައްޗަށް 600 ރުފިޔާ ހޯދައެވެ.

ރާވެރިކަމުގެ އިތުރުން ހައްވައްތައަކީ ހުވަދުއަތޮޅުގައިވެސް މަޝްހޫރު ދިވެހި ބޭސްވެރިކަން ކުރާ ބޭސްވެރިއެކެވެ. ބޭސްވެރިކަން ކުރާތާ މިހާރު 5 އަހަރު ވެދާނެއެވެ. މީގެ އިތުރުން 22 އަހަރުވަންދެން ދަނޑުވެރިކަން ކުރަމުން އަންނަ މުރާލި ދަނޑުވެރިއެކެވެ. މިއިން އެއްވެސް މަސައްކަތަކީ ތަމްރީން ހޯދައިގެން ނުވަތަ ކޯހެއް ހަދައިގެން ދަސްކުރި މަސައްކަތެއް ނޫންކަމަށް ހައްވައްތަ ވަނީ “ހުވަދޫ ނިއުސް”އަށް ކިޔައިދީފައެވެ.

އާއިލާ، ޙާއްސަކޮށް ދަރިން ވެދެއްވާ އެހީތެރިކަމާއީ ރަޙްމަތްތެރިންގެ ފަރާތުން ލިބޭ އެހީތެރިކަމާއި ހިތްވަރަކީ މިކަމުގައި ކުރިޔަށްދިޔުމަށް ލިބޭ ހިތްވަރެއްކަން އޭނާ ފާހަގަކުރެއެވެ. މި ގޮތުން ހައްވައްތަ މިވަނީ ގިނަ ދިވެހި ކަނބަލުންނަށް ނަމޫނާ ދައްކާ އަންހެނަކަށްވީތީ ނުކުރެވޭނެ މަސައްކަތެއް ނެތްކަން ސާބިތުކޮށްދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!