16 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވެނީ ފުލުހެއްގެ މައްޗަށްކަން ކަށަވަރުވެއްޖެއެވެ.
މިއަދު ހެނދުނު ފުލުހުން މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ވިދާޅުވެފައިވަނީ، 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންގެ ސައުތު ޕޮލިސް ޑިވިޝަނަށް އިއްޔެ ހުށަހަޅާފައިވާ ކަމަށާއި، މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކރުަމުން ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ދެއްވާފައިނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުސް މީހާ ޖިންސީ ގޯނާކޮށްފައި ވަނީ އޭނާގެ އަނބިމީހާގެ ދައްތަގެ ދަރިއަކަށެވެ. އެއަންހެން ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން ފުލުސް މީހާގެ ފަރާތުން ޖިންސީ ގޯނާ ލިބެމުން އަންނަ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ފުލުސް މީހާ އަކީ އަންހެން ކުއްޖާގެ ރަށު މީހެއް ނޫނެވެ. ކުއްޖާ އަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވުމާއިއެކު އޭނާ ރޭ ވަނީ ގެއިން ނިކުމެގެން ގޮސްފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.