ޚަބަރު
އެނގިލަމާ ޕްރޮގްރާމް ގެމަނަފުށީގައި ފަށަނީ

ޒުވާނުންނަށް އަމާޒުކޮށްގެން، ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުމުގެ މަޤްސަދުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ހިންގަމުން އަންނަ “އެނގިލަމާ” ޕްރޮގްރާމް ގއ. ގެމަނަފުށީގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މި ޕްރޮގްރާމަކީ ދިރިއުޅުމުގައި ޒުވާނުންނަށް ބޭނުންވާ ބައެއް ދިރިއުޅުމުގެ ހުނަރު ދަސްކޮށް ދިނުމުގެ މަގްސަދުގައި ޔޫތު މިނިސްޓްރީއިން އިސްނަގައިގެން “އެނގިލަމާ” މިނަމުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ، ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިޔަށް ގެންދެވޭ ޕްރޮގްރާމަކެވެ. 15 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހު (މާދަމާ)، 14:00 ން 15:00އަށް މިޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ތާާވަލް ކުރެވިފައިވެއެވެ.

ލައިފް ސްކިލް ނުވަތަ ދިރިއުޅުމުގެ ހުނަރުތަކަކީ ރާއްޖޭގެ ސްކޫލްތަކުގައި ކޮންމެވެސް މިންވަރަކަށް ގެންދެވޭ ހުނަރެއް ނަމަވެސް، ދިވެހިރާއްޖޭގެ ތައުލީމީ އޮނިގަނޑުގައި މާއްދާއެއްގެ ގޮތުގައި ލައިފް ސްކިލްސް ނުވަތަ ދިރިއުޅުމުގެ ހުނަރު ކިޔަވައި ނުދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!