މޯލްޑިވިއަން ޑިމޮކްރެޓީކް ޕާރޓީ (އެމްޑީޕީ) ގައުމީ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން “ހުވަދޫ ނިއުސް” ގައި އިސްތިހާރު ކުރުމުގެ ފުރުސަތު މި ނޫހުން ހުޅުވާލައިފިއެވެ.
މިމަހުގެ 25 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް އިޝްތިހާރު ކޮށް ކެމްޕެއިން ކުރުމުގެ ފުރުސަތު މި ނޫހުން ހުޅުވާލާފައިވަނީ، ގިނަ ފަރާތެއްގެ އެދުމުގެ މަތިންނެވެ.
އެގޮތުން، އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބުގައި، “ހުވަދޫ ނިއުސް” އިން ކަވަރ ކޮށް އިޝްތިހާރު ކުރުމަށް ފުރުސަތު ހުޅުވާލެވެނީ ހުވަދު އަތޮޅުގެ ދާއިރާ ތަކަށް ކުރިމަތިލ ކެނޑިޑޭޓުންނަށް އެކަނި އެވެ. ހުވަދޫ ނިއުސް ގައި އިޝްތިހާރު ކުރައްވާ ކެންޑިޑޭޓުންނަށް، އެ ކެނޑިޑޭޓެއްގެ އިޝްތިހާރު ގެނެސްދެވުމުގެ އިތުރުން ބޭނުންފުޅުވާނަމަ، އެ ކެނޑިޑޭޓުގެ ސިޔާސަތުތަކާއި މައުލޫމާތު ހިމެނޭ ޕްރޮފައިލެއް ގެނައުމުގެ ފުރުޞަތު އޮންނާނެ އެވެ.
ހުވަދޫ ނިއުސްގެ ޚާއްސަ އެމްޑީޕީ ޤައުމީމަޖިލިސްގެ ސެގްމެންޓް، މި މަހުގެ 25 ގެ ނިޔަލަށް ކުރިއަށް ގެންދެވޭނެއެވެ. “ހުވަދޫ ނިއުސް” ގެ މިޚާއްސަ ސެގްމެންޓް މެދުވެރިކޮށް ކެމްޕެއިންކޮށް، އިޝްތިހާރު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރެއްވުމަށް މި ނޫހުގެ ހޮޓްލައިން 9334888 އަށް ގުޅުއްވުން އެދެމެވެ.
ހުވަދޫ ނިއުސްގެ މިޚާއްސަ ސެގްމެންޓަކީ، ގިނަފަރާތެއްގެ އެދުމުގެ މަތިން، ކިޔުންތެރިންގެ ޚިޔާލާއި މަޝްވަރާއާއި އެއްގޮަށް ސިޔާސާ ޕާޓީތަކުގެ ތެރެއިން އެންމެ ބޮޑު އެއް ޕާޓީ ކަމުގައިވާ އެމްޑީޕީގެ، ޤައުމީ މަޖިލިސްގެ ވާދަވެރި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ރައްޔިތުންނަށް ތަޢާރަފްވުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ. މިޕްލެޓްފޯމް މެދުވެރިކޮށް ކެންޑިޑޭޓުންނަށް ކެމްޕެއިންކޮށް، އެބޭފުޅުންގެ ސިޔާސީ ތަޞައްވަރު ވަރަށް ފުރިހަމަޔަށް، ރައްޔިތުންނާއި ހަމަޔަށް ގެނެސްދެވޭނެއެވެ.
މިޚާއްސަ ސެގްމެންޓް މެދުވެރިކޮށް ކެމްޕެއިންކޮށް، އިޝްތިހާރު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މި ނޫހުގެ ހޮޓްލައިން 9334888 އަށް ގުޅުއްވުމުން، އިތުރު މަޢުލޫމާތު ލިބިގެންދާނެއެވެ.
އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވެފައި، އެޕާޓީގެ ދަފްތަރުގައި 93،354 މެމްބަރުން ރަޖިސްޓްރީވެފައި ވެއެވެ. މިފަހަރުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޝަރުތު ހަމަވަނީ 93،165 މީހުންނެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި 733 ކެނޑިޑޭޓުން ވާދަކުރެއެވެ.