ރިޕޯޓް
ދަރިންގެ މެދުގައި ތަފާތުކުރުން ގެންގުޅުން، މިއީ ހެދޭ ވަރަށް ބޮޑު ގޯހެއް

ދަރިންގެ މެދުގައި ތަފާތުކުރުން ގެންގުޅުމަކީ ދިވެހި މުޖުތަމަޢުގައި ޒަމާނުއްސުރެ ހަރުލާފައިވާ ނުރަނގަޅު އާދައެކެވެ. ދަރިން ތަފާތު ކުރުމަކީ މައިންނާއި ބަފައިން ނަރަކަޔަށް ދާން ޖެހިދާނެކަމެއް ކަމުގައިވާތީ، މިކަމަށް ބިރުވެތި ވާށެވެ.

ދަރިންގެ މެދުގައި ތަފާތު ނުކުރާ ކަމަށް ވަރަށް ގިނަ މައިންބަފައިން ގަބޫލު ކުރެ އެވެ. ނަމަވެސް އަބަދުވެސް ގިނަ މައިންބަފައިންގެ ފޭވަރިޓް ނުވަތަ ވަކިން ބޮޑަށް ލޯބިވާ ދަރިއަކު ގިނަ ފަހަރު ހުރެ އެވެ. އަދި އެފަދަ ކުއްޖަކު ކިތަންމެ ގޯސް ކަމެއް ކުރިޔަސް އެއީ ގޯސް ކަމެއް ކަމަށް މަންމަ ނުވަތަ ބައްޕަޔަށް ޤަބޫލުކުރަން އުދަނގޫ ވެއެވެ. ފޭވަރިޓް ނޫން ކުއްޖަކު ކިތަންމެ ކުޑަ ގޯސް ކަމެއް ކުރިޔަސް އެއީ މާ ބޮޑު ކަމަކަށް ހަދައިގެން އުޅެވެއެވެ. ފޭވަރިޓް ކުއްޖާ ގޯސް ކަމެއް ކުރުމުން އަދަބު ނުދީފައި އެހެން ކުއްޖަކު ކުރާ ކަންތައްތަކަށް އަދަބު ދެވޭތަން އާދެ އެވެ.

ހުރިހާ ދަރިން ދެކެ މަންމަ އާއި ބައްޕަ ލޯބިވަނީ އެއްވަރަކަށް ކަމަށް ވިޔަސް އެއް ކުއްޖަކީ އަނެއް ކުއްޖަކަށް ވުރެ ހުޝިޔާރު ކުއްޖަކަށް ވެއްޖެ ނަމަ އެހެން މީހުންނަށް އެ ކުއްޖާ ތައާރަފްކުރާއިރު ބުނެވޭ ތަފާތު ބަސްތައް ހިމެނެ އެވެ. މިފަދަ ބަސްތަކުން އެއް ކުއްޖަކު އަނެއް ކުއްޖަކާ ދޭތެރޭ ވެސް ހިތްހަމަނުޖެހި އަދި މައިންބަފައިންނާ ދަރިންނާ އޮންނަ ގުޅުމަށް ވެސް ބުރޫ އަރަ އެވެ.

މިސާލަކަށް މިއީ އަހަރެންގެ އެންމެ މޮޅު ނުވަތަ ކުޅަދާނަ ދަރިފުޅޭ ބުނެ އެއް ކުއްޖަކު ތައާރަފުކޮށްދީފައި އަނެއް ކުއްޖާ ތައާރަފްކުރުމުގައި މިއީ ކިޔަވަން އުޅޭ ކުއްޖެއް ނޫނޭ ބުނުން ކަހަލަ ޖުމްލައެއް އަނެއް ކުއްޖާއާ މުޚާތަބުކޮށް ބުނެލެވެ އެވެ. ނަފްސާނީ މާހިރުން ވިދާޅުވަނީ މިއީ ބުލީކުރެވުން ކަމަށެވެ. ނުވަތަ ކުއްޖާއަށް ކުރެވޭ އިހާނާތެކެވެ. އެހެން މީހުންގެ ކުރިމަތީގައި ނޭނގި ނަމަވެސް އެ ކުއްޖާ އެ ކޮށްލެވެނީ ދަށެވެ. މިކަހަލަ ކަންތައްތަކުގައި މައިންބަފައިން ކުށްވެރިވާއިރު ވެސް އެމީހުންނަކަށް ގިނަ ފަހަރަށް އެކަމެއް އިހްސާސެއް ވެސް ނުވެ އެވެ.

ކުޑަކުދިންނަކީ މީހުންގެ ސަމާލުކަން ހޯދަން ވަރަށް މަސައްކަތް ކުރާ ބަޔެކެވެ. އަދި އެ ކުދިން ދުރައްލައިފިނަމަ އެއްގޮތަކުން ނޫނީ އަނެއް ގޮތަކުން ކުރިއަށްވުރެ ބޮޑަށް ސަމާލުކަން ހޯދަން މަސައްކަތް ކުރެއެވެ. އަދި މި ގޮތަށް ސަމާލުކަން ހޯދަން އުޅުމުގެ ތެރޭގައި ގިނަ ފަހަރަށް މި ކުދިންނަށް ނޭނގި “ގޯސްގޮތް” އިހުތިޔާރު ކުރެވެއެވެ. މި ގޮތަށް ސަމާލުކަން ހޯދަން އުޅުމުގެ ތެރޭގައި ކުދިން ރުޅިގަދަވެ، ބޮޑާހާކާ ހަދައެވެ. އަދި މި ގޮތަށް ބޮޑާހާކާ ހަދާއިރު، މައިންބަފައިން އެ ކުދިންނަށް ސަމާލުކަން ދޭނަމަ، އެ ކުދިން މިކަން ތަރުކާރު ކުރެއެވެ.

ތަފާތުކުރުން ގެންގުޅޭ މާހަޢުލެއްގައި ކުދިން ބޮޑެތިވުމުން، ނަފުސާނީ ބޮޑެތި މައްސަލަތައް ކުދިންނަށް ކުރިމަތިވެއެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދަށްވުމާއި، އެއްވެސް ފަރާތަކަށް އިތުބާރު ނުކުރުމާއި، ރުޅިވެރިކަން، މީހުންނަށް ގެއްލުންދިނުމަށް ޖެހިލުންނުވުން ފަދަ ގޯސް ސިފަތަކެއް އަށަގަންނަން ފުރުޞަތު ލިބިގެން ދެއެވެ. ހަމަ މިބީދައިން، މާބޮޑަށް ލޯބިދީ، ދޮންފުތުކޮށްގެން އުޅޭ ދަރިން، ދިރިއުޅުމުގައި، މާބޮޑަށް ބޮޑާވެ، ކިބުރުވެރިވެއެވެ. އަދި މިފަދަ ދަރިންގެ ކިބުރުވެރިކަމާއި މައިންބަފައިންނަށް ކުރިމަތިލާން ޖެހުމީ، އަމިއްލަޔަށް ފޭހޭ އިލޮށި އަމިއްލަ ލޮލަށް ވަންނާނޭ ބުނާ އުޞޫލުންނެވެ.

މައިންބަފައިންނާއި ކުދިންނާއި އޮންނަން ޖެހޭ ގުޅުން ކުޑަވެ، އެކަށީގެންވާ ގޮތަކަށް ދަރިންނަށް ހަމަހަކޮށް ލޯބި ނުދެވުމުގެ ސަބަބުން ކުދިން ބޮޑެތިވުމުން މައިންބަފައިންނާއި ގުޅުން ކުޑަވެ، އެމީހުންނަށް އެއްވެސް ވަރެއްގެ ސަމާލުކަމެއް ނުވަތަ އަޅާލުމެއް ނުދެއެވެ. ދަރިން މައިންބަފައިންނަށް އިހްތިރާމެއް، ލޯތްބެއް ކުލުނެއް ނުބެހެއްޓުމުގެ އިތުރުން، މުސްކުޅި އުމުރުގައި އަމިއްލަޔަށް ބަނޑުއަޅައި ވިހާ ދަރިންގެ ވިހަ ބަސްތަކާއި ކުރިމަތިލައި، ދެލޮލުން ކަރުނަ އަޅަން ޖެހެއެވެ.

ދަރިންގެ މެދުގައި ތަފާތުކުރުން ފަދަ ނުރަނގަޅު އާދަތަކުގެ ސަބަބުން ދަރިންގެ މުސްތަޤްބަލް ބަނަވެގެން ދެއެވެ. ދަރިންނަކީ މައިންބަފައިންނާއި ﷲ ހަވާލުކުރައްވާފައިވާ އަމާނަތަކަށްވުމުން، އެ އަމާނަތަށް އިޙްމާލުވުމަކީ ނޭނގި ނަމަވެސް ނަރަކައިގެ އަލިފާނުގެ ތެރެޔަށް ތިބާ ހުށަހެޅިގެންދާނެކަމެކެވެ. ހުރިހާ ދަރިންނަށްވެސް އެއްވަރަކަށް ލޯބި ދީ، ދުލުން ވިހަ ބަސްތަށް ބޭރުކޮށް، އެކުދިންގެ ހިތްތައް ކަތިލާ ބަޔަކަށް ނުވެވޭތޯ މައިންބަފައިން ވުމަށް މަސައްކަތްކުރަން ޖެހެއެވެ. ދަރިން ތަފާތު ކުރުމަކީ މައިންނާއި ބަފައިން ނަރަކަޔަށް ދާން ޖެހިދާނެކަމެއް ކަމުގައިވާތީ، މިކަމަށް އެންމެހާ މައިންބަފައިން ބިރުވެތި ވާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!