މަޢުލޫމާތު
އިންސާނާގެ ފިޠުރީ ކަންތައްތައް ވަކި ހަމައެއްގެ މަތިން ކޮންޓްރޯލް ކުރުން

އިންސާނާގެ ޖިންސީ އެދުންވެރިކަމަކީ ޝައިތާނާ، އިންސާނާ މަގުފުރައްދާލުމަށް ބޭނުން ކުރާ އެންމެ ނުރައްކާތެރި، އަދި އިންސާނާ އެންމެ ފަސޭހައިން މަގު ފުރެދޭ ހަތިޔާރެވެ. ޝައިތާނާ އަބަދުވެސް މަސައްކަތް ކުރާނީ އިންސާނާ އެންމެފަސޭހައިން މަގުފުރައްދާލެވޭނެ މަގު އިޚްތިޔާރު ކުރުމަށެވެ. ޒިނޭކުރުމާއި، ބަދުއަޚްލާޤީ އެންމެހައި ޢަމަލުތަކަށް އިންސާނާ ހުށަހަޅައެވެ.

އެހެންނަމަވެސް އިސްލާމް ދީނުގައި ވަނީ މިފަދަ ހުރިހައި ހަޑި މުޑުދާރު ޢަމަލުތަކަށް ޙައްލެއް ގެނެސްދީފައެވެ އެއީ ޝަރުޢީ ކައިވެންޏެވެ. ޝަރުޢީ ކައިވެންޏަކީ އިންސާނުން އެބައިމީހުންގެ ނަފްސްތަކަށް ޙައްޤު ގޮތުގައި ހިތްހަމަޖެހުމާއި އަރާމް ހޯދުމަށް ޓަކައި އިސްލާމް ދީންގައި ޝަރުޢު ކުރައްވާފައިވާ ޢަޤްދެކެވެ. އިންސާނާގެ ޖިންސީ ޢަރީޒާ ކޮންޓްރޯލް ކުރުމަށްޓަކައި ކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމަކުވެސް ކައިވެނި ކުރުމަކީ މުހިއްމުކަމެކެވެ. އިންސާނާގެ ޖިންސީ ޢަރީޒާ ކޮންޓްރޯލް ކުރުމަށްޓަކައި ﷲ އެންގެވި ފުރިހަމަ، ރަނގަޅު ގޮތެއް އިޙްތިޔާރު ކުރުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމެއްކަން ކަށަވަރެވެ.

މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ” وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ (سوة الروم، 21 ) ” މާނައީ: “ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفس ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.”.

މި އާޔަތުގައި އެވާ ހަމަހިމޭން ކަމުގެ މާނައަކީ ޖިންސީ އެދުންވެރިކަމެވެ. ޖިންސީ އެދުން ވެރިކަން ކޮންޓްރޯލް ކުރުމަށް ޓަކައި ޝަރުޢީ ކައިވެންޏަކުން ގުޅުމަކީ ވާޖިބުވެގެންވާ ކަމެކެވެ. އެނޫން ގޮތަކަށް ޖިންސީ އެދުންވެރިކަން ފުއްދުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ.

عن ابي الزبير, قال قال جابر, سمعت النبي(ص)يقول: ” إذا احدكم اعجبته المرأة فوقعت في قلبه فليعمد الى امرأته فليوقعها فإن ذالك يرد مافي نفسه” .( مسلم,10,3409 ). މާނައީ: އަބުއްޒުބައިރުގެ އަރިހުން ރިވާވެގެން ވެއެވެ. ވިދާޅުވިއެވެ. ޖާބިރުގެފާނު ވިދާޅުވިއެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވަނިކޮށް ތިމަން އަޑު އެއްސެވީމެވެ. ” ތިޔަބައި މީހުންގެ ތެރެއިން މީހަކަށް އަންހެނަކު ރީތިވެގެން ތިމާގެ ހިތުގައި އަށަގެންފިނަމަ، ތިމާގެ އަމިއްލަ އަނބިމީހާގެ ގާތަށް އައިސް އެއްދާން ކުރާހުށިކަމެވެ! އޭރުން އޭނަގެ ހިތުގައިވާ ކަންތަށް ފިލައިގެން ހިގައިދާނެއެވެ”

މި ޙަދީޡް އަށް ވިސްނާލާއިރުގައި އަޅުގަނޑުމެންނަށް އެނގި ހާމަވެގެންދަނީ ކައިވެންޏެއް ކުރުމަކީ ޝަޙުވާނީ އެދުން ތަކުން ދުރުވެ، ރައްކާތެރިވެ ތިބުމަށްޓަކައި ކުރުން ލާޒިމު ކަމެއްކަމެވެ. ކައިވެނި ކޮއްގެން އުޅޭ މީހާގެ ބޮލަށް ޝައިތާނީ ވަސްވާސް ތަށް އަށަގަތުމުން އަނބިމީހާގެ ކައިރިއަށްގޮސް އެއްދާން ކުރުމަށް އެ ޙަދީޡް ކުރައްވަނީ އިންސާނާ ފާފަތަކުން ދުރުކޮއްދިނުމުގެ މަތިވެރި މަޤްސަދުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!