ޚަބަރު
އަޖޭގެ ދަރިފުޅުގެ އުފަންދުވަސް ރާއްޖޭގައި ފާހަނގަކޮށްފި

ބޮލީވުޑްގެ މަޝްހޫރުތަރި އަޖޭ ދޭވްގަން އޭނަގެ ހަގު ދަރިފުޅުގެ އުފަންދުވަސް ރާއްޖޭގައި ފާހަނގަކޮށްފިއެވެ.

އަޖޭ ދޭވްގަންގެ ހަގު ދަރިފުޅު ޔުގްގެ 11 ވަނަ އުފަންދުވަސް ފާހަނގަކުރަމުން އަޖޭ ވަނީ އޭނަގެ ދަރިފުޅާއެކީ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ޓްވިޓާގައި ޝެއަރކޮށްފައެވެ.

އަޖޭގެ އަންހެނުން އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލް ވަނީ ޔުގްގެ އުފަންދުވަހުގެ ތަހުނިޔާ އިންސްޓަގްރާމް މެދުވެރިކޮށް ކިޔާފައެވެ.

އަޖޭ ދޭވްގަން އާއި ޓީމް ރާއްޖެ އައީ ބެއާ ގްރިލްގެ ޑިސްކަވަރީ ޝޯ “އިން ޓު ދަ ވައިލްޑް” ގެ ޝޫޓިން ވ.އަތޮޅުގައި ކުރިޔަށް ގެންދިޔުމަށެވެ.

މިޝޫޓިން ކުރިޔަށް ގެންދަން ނިންމާފައިވަނީ އަންނަ ހުކުރު ދުވަހު ވ.އަތޮޅުގެ ޝިޕްރެކް ސަރަހައްދުގައެވެ. މިޝޫޓިން ކުރިޔަށްދާ ވަގުތު އެސަރަހައްދުގެ ސެކިއުރިޓީ ފުލުހުން ބަލަހައްޓަމުން ގެންދާނެއެވެ. އަޖޭ ވަނީ 2018 ވަނަ އަހަރުގައިވެސް އާއިލާއާ އެކީ ރާއްޖޭގައި ޗުއްތީ ހޭދަކޮށްފައެވެ.

އަޖޭއަކީ ބިޒީ ޝެޑިއުލްގައި މަސައްކަތްކުރާ މީހެކެވެ. ހާއްސަކޮށް މިހާރު އޭނާ އަންނަނީ ވެބް ސީރީޒްއެއް ކަމަށްވާ ޑިޒްނީ ޕްލަސް ހޮޓްސްޓާގެ “ރުދުރާ: ދި އެޖް އޮފް ޑާކްނެސް” ގެ މަސައްކަތްކުރަމުންނެވެ. މިއީ އަޖޭގެ ފުރަތަމަ ވެބް ސީރީޒްއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!