މަޑަވެލީގައި ހުރި އުރީދޫ އެންޓަނާ ރަށުން ބޭރުކޮށް ބިން ދޫކޮށްލުމަށް ކައުންސިލުން އުރީދޫއަށް އަނގައިފިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މަޑަވެލި ރައީސް ފިޔާޒް ޙަސަން މިއަދު ވިދާޅުވީ އެ ކައުންސިލްގެ މިއަދު ގެ ބައްދަލުވުމުގައި އެގޮތަށް ނިންމާފައި ވަނީ މަޑަވެލީގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ އެންޓަނާ އެއް ރަށުގެ މީހުން ދިރިއުޅޭ ހިސާބު ދުރަށް ބަދަލު ކުރުމަށް ތަކުރާރު ކޮށް އެތައް ފަހަރަކު އެދުމުން ވެސް އެއިން އެއްވެސް ސިޓީއަކަށް ޖަވާބެއް ދީފައި ނުވާ ކަމަށާއި އެންޓަނާ އެތަނުގައި ހުރުމުން ކޮންމެ ދުވަހަކު އާންމުންގެ ޝަކުވާ ކައުންސިލަށް ލިބެމުންދާތީކަމަށެވެ.
ރައީސް ފިޔާޒް އިތުރަށް ވިދާޅުވީ ކުރީގެ ކައުންސިލުންވެސް އެންޓަނާ ގެ މައްސަލައިގައި ސިޓީތައް އުރީދޫ އަށް ފުނުވާފައިވާނެ ކަމަށާއި ނަމަވެސް ތިކިޔަނީ ކީކޭހޭވެސް ބުނެ ޖަވާބެއް ފުނުވާފައި ނުވާކަމަށެވެ.
“އެންޓަނާގެ މައްސަލަ ޙައްލު ކުރުމަށް ކުރީގެ ކައުންސިލް އަދި އަޅުގަނޑުމެން ވެސް ވަރަށް މަސައްކަތް ކޮއްފިން ،އެންމެ ފަހުން މި ނިންމީ އެންޓަނާ ހުރި ބިން ދޫކޮށް އެންޓަނާވެސް ރަށުން ބޭރު ކުރަން. ސިޓީ އުރީދޫ އަށް ފުނުވީ މިއަދު. އޭގައި ވާނެ ކުރިން ފުނުވި ސިޓީ ތަކުގެ ވާހަކަ ވެސް” ރައީސް ފިޔާޒް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަޑަވެލީގައި ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ 2 ކުންފުނި ކަމަށްވާ ދިރާގު އަދި އުރީދޫ އެންޓަނާ ތައް ހުރެއެވެ. އޭގެ ތެރެއިން ދިރާގުގެ އެންޓަނާ ހުންނަނީ ރަށުގެ މީހުން ދިރިއުޅޭ ހިސާބާ ދުރުގައެވެ. އެ އެންޓަނާ ގެ ބިމުގެ އަގުކީ އަކަ ފޫޓެއް 1 ރުފިޔާ 25 ލާރިއަށެވެ. އަދި އުރީދޫ އެންޓަނާ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރިއިރު އެ އެންޓަނާ ހުރި ބިމުގެ ކުއްޔަކީ އަކަފޫޓެއް 10 ލާރި އަށެވެ.
ހުރިހާ އެންޓަނާގެ އަގު އަކަފޫޓެއް 10 ރުފިޔާ އަށް ހަދާ.
ކޮންމެސް މީހަކު ބުންޏޯ ދަރިފަނި މަރުވަނީއޭ. އެހެންވެ އެންޓެނާގެ އުދަގޫ ބޮޑުވެގެން އުޅެނީ. ބޮކަނާ
ދަރިފަނި އެކަންޏެއް ނޫން ބިސްވެސް. ފޮރިޔާ
މީ ޕާކު ކޮށްފަ އޮތް ކާރެއްތަ އެހާ ފަސޭހައިން ލޮކޭޝަން ބަދަލުކުރަން؟
އެންޓަނާ ކޮން އުނދަގުލެއްބާ ކުރަނީ