ޚަބަރު
ވ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ޔެލޯއެލާޓް ނެރެފި

ވ.  އަތޮޅުން  ފެށިގެން ގދ. އަތޮޅަށް މޫސުމާ ބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވާގޮތުގައި މިއަދު ހެދުނު 7:30ން 10:30އާ ހަމަޔަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިދަގަވާނެ ކަމަށް ލަފާކުރެވޭ ކަމުގައި ވެސް މި އެލާޓްގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިއަދުގެ ފަތިހު 4:25ން ހެދުނު 9:00ށް، ކ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. އަދި މި ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިދަގަވާނެ ކަމަށް ލަފާކުރެވޭ ކަމުގައި ވެސް މި އެލާޓްގައި ބުނެފައިވެ އެވެ.

އަދި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި, އަދި އުޅަނދުގައި ލައިފްޖެކެޓާއި މުއާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރަންވާނެ ކަމަށް މޫސުމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!