ޚަބަރު
ވިލިނގިލި އަނހެނުންގެ ކޮމިޓީގެ ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ގއ.ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލލައިފިއެވެ.

ވިލިނގިލި އަންހެނުންގެ ކޮމެޓީގެ ރައީސާ އައިޝަތު ޖުމާނާ އެކޮމެޓީއިން އިސްތިއުފާ ދިނުމާއި ގުޅިގެން އެގޮނޑި މިހާރުވަނީ ހުސްވެފައެވެ. އެހެންކަމުން ޑަބްލިޔު.ޑީ.ސީގެ ބައި އިލެކްޝަނެއް 2021 އޮކްޓޫބަރު 30 ވާ ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. ވޯޓު ނެގުން ކުރިޔަށް ދާނީ އެދުވަހު ހެދުނު 8:00އިން މެންދުރު 15:00 އަށެވެ. އަދި ވޯޓުގެ ރަސްމީ ނަތީޖާ ހާމަކުރާނީ 01 ނޮވެމްބަރ 2021ގައި ކަމަށް އެކޮމިޝަނުންވަނީ އަންގާފައެވެ.

މިމަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މިއަދު ހެދުނުން ފެށިގެން އެފުރުސަތު މިވަނީ ހުޅުވާލެވިފައެވެ. ކުރިމަތިލުމުގެ ސުން ގަޑި އަކީ 2021 ސެޕްޓެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލެވެ. އިންތިޚާބަށް ކުރިމަތުލިމަށް އެދޭ އެޕްލިކޭޝަން ފޯމު އެކޮމިޝަންގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ. ސުންގަޑި ހަމަވުމުގެ ކުރިން ކޮމިޝަނުގެ coordination@elections.gov.mv  މެއިލަށް ފޯމު ފޮނުވުމަށް އެކޮމިޝަނުން ވަނީ އެދިފައިއެވެ.

 

 

 

Comment