ޚަބަރު
“އުމުރުން 8އަހަރުގެ ކުދިންވެސް މަސްތުވާ ތަކެތި ބޭނުން ކުރޭ”

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ އިދާރީ ހިންގުން އިސްލާހުކޮށް ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ހެލްތު މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ޕްރެޒެންޓޭޝަނެއް އެ މިނިސްޓްރީން އިސްނަގައިގެން މަޖުލީހުގެ މިއަދުގެ ޖަލްސާގައި ހުށަހަޅައިފިއެވެ.

މި ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު ސައީދު ވިދާޅުވީ 2014 ވަނަ އަހަރުގެ ތަފާސް ހިސާބުތަކާ އަޅާ ބަލާއިރު މިހާރު އުމުރުން އެންމެ 17 އަހަރުން ފެށިގެން 68 އަހަރާއި ދެމެދުގެ އުމުރުގެ މީހުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް މިއަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. 2014 ވަނަ އަހަރުގެ ތަފާސް ހިސާބުން ދައްކާގޮތުގައި  އޭރު މަސްތުވާތަކެތި ބޭނުންކުރަނީ 22 އަހަރާއި 37 އަހަރާއި ދެމެދުގެ މީހުން ކަމަށް ސަފިއްޔާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ހާމަކުރިގޮތުގައި ރާއްޖޭގައި މިހާރަކަށް އައިސް އުމުރުން 8 އަހަރުގެ ކުދިންވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި އެބަހުއްޓެވެ. ހާއްސަކޮށް އުމުރުން 15 އަހަރާއި 17 އަހަރުގެ ކުޑަކުދިން މިކަމުގެ ތެރޭގައި ގިނަކަން އެމިނިސްޓްރީން ވަނީ ފާހަނގަކޮށްފައެވެ.

މަސްތުވާ ތަކެތި ރާއްޖެ އެތެރެކުރާ ޤައުމުތައްވެސް ބަދަލުވެފައިވާ ކަމަށާއި މީގެކުރިން ފަތް ފަދަ ބާވަތްތައް އެތެރެ ކުރި ނަމަވެސް މިހާރު ގިނައިން އެތެރެކުރަނީ ކެމިކަލްގެ ބާވަތްތައް ކަމަށް މިޕްރެސެންޓޭޝަނުގައި ބަޔާންކޮށްފައިވެއެވެ. އަދި މިވިޔަފާރީގައި އިސްކޮށް އުޅޭ މީހުން މިކަމުގައި ކުޑަކުދިންނާއި ބިދޭސީން ގެންގުޅޭކަން ސަފިއްޔާ ވިދާޅުވިއެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ދެވަނަ މަރުހަލާ ނިންމުމަށްފަހު މުޖުތަމައުއަށް ނެރެގެން ފުރިހަމަކުރާ މަރުހަލާ ފެށުމަށް ގިނަކުދިންނަށް ޖާގަ ނުލިބި ކިޔުގައި ތިބެން ޖެހުމުން އަނެއްކާވެސް މަސްތުވާ ތަކެތީގެ ތެރެޔަށް އެކުދިން ވަދެގެންދާކަން ހެލްތު މިނިސްޓްރީން ވަނީ ފާހަނގަކޮށްފައެވެ.

ރާއްޖޭގައި މަސްތުވާ ތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ހުންނަ އެން.ޑީ.އޭ އަކީ އެހާ ހަރުދަނާ އިދާރާއަކަށް ނުވާތީ މިމައްސލަތަކަށް ވަނީ ހައްލެއް ނުލިބިފައެވެ. އެފަދަކުދިންނަށް ފަރުވާ ލިބެން އޮތް މަގުވެސް ތަނަވަސް ނޫންކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

މި ޕްރެސެންޓޭޝަނުގައި ބުނާގޮތުން އެން.ޑީއޭ އިން މިފަދަ ރިޕޯޓެއް އެންމެ ފަހުން ތައްޔާރުކޮށްފައިވަނީ 2014 ވަނަ އަހަރުގައެވެ. އަދި އޭހާރާ އަޅާ ބަލާއިރު މިހާރު ރާއްޖޭގައި މަސްތުވާ ތަކެތީގެ ހާލަތު މިވަނީ ގޯސްވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!