މަޢުލޫމާތު
މިކްސް ރިއަލިޓީ ޓެކްނޮލޮޖީގެ އެހީގައި ބިޔަ ބޮޑު ޕެންތާއެއް ސްކްރީނުން ބޭރަށް

ޗާލޮޓްގައި އެތަށް މަސްދުވަހުގެ މަސައްކަތަށްފަހު، ބޮޑު ބިޔަ ޕެންތާއެއް ފާއިތުވީ އާދީއްތަ ދުވަހު ވަނީ ސްކްރީނުން ބޭރަށް ނެރެލެވިފައެވެ.

ނޯތް  ކެރޮލީނާގެ، ޗާލޮޓްގެ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ކުރިޔަށްގެންދެވުނު އެމެރިކަން ފުޓްބޯޅަ މުބާރާތެއްގެ ފެށުމުގެ ރަސްމިއްޔާތުގައި ބުދެއްގެ ގޮތުގައި ސްޓޭޑިއަމްގައި ބެހެއްޓިފައި ހުރި ބިޔަ ބޮޑު ޕެންތާއެއް ދިރިގެން ފުންމައިގެން ގޮސް ސްޓޭޑިއަމްގައި ހުރި ސްކޯބޯޑެއްގެ މައްޗަށް އެރުމަށްފަހު ފުންމާލައިގެން ސްޓޭޑިޔަމްގެ މެދަށް ޖެހި އަދި އަލުން ފުންމައިގެން ސްކޯބޯޑަށް އަރާ މަންޒަރު ފެންނަނީ، މުޅި ސްޓޭޑިއަމް އަށް އެއްވެ ތިބި ކުޅިބެލުންތެރިން ހައިރާންވެ އަންތަރީސް ކުރުވާފަދަ ގޮތަކަށެވެ.

ވާޗުއަލް ރިއަލިޓީ ޓެކްނޮލޮޖީ އަށް ވުރެ ކުރިއަރާފައިވާ، މިކްސް ރިއަލިޓީ ޓެކްނޮލޮޖީގެ އެހީގައި 3ޑީ ކޮށް މިފަދަ ގޮތަކަށް ޕެންތާއެއް ސްކްރީނުން ބޭރަށް ނެރެވުމަކީ ޓެކްނޮލީގެ ކުރިއެރުން ދައްކުވައިދޭ ކުޅަދާނަ ހެއްކެކެވެ. ބެލުންތެރިން ހައިރާންކުރުވާފަދަ ގޮތަކަށް އެއްވެސް ގޮތަކަށް ވުޖޫދުގައި ނެތް އެއްޗެއް މިފަދަ ގޮތަކަށް ބެލުންތެރިންނަށް އަޑާއި މަންޒަރާއި އެއްކޮށް ދިރިދިރި އޮތް އެއްޗެއްގެ ގޮތުގައި ދައްކާލެވުމުން، ގިނަބަޔެއްގެ ސަމާލުކަން މިމަންޒަރުގެ ރެކޯޑިންގ އަށް ހުއްޓިފައި ވެއެވެ. ޓްވިޓާގައި ވައިރަލް ވެފައިވާ މިވީޑިއޯއަށް 8.9 މިލޔަން ވިއުސް ލިބިފައިވާއިރު، ގިނަބަޔަކު ސޯޝަލް މީޑިޔާގައި މިވީޑިއޯ ވައިރަލްކޮށްފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!