ޚަބަރު
އެމްއާރުއެމްގެ ޒައީމްކަމުގެ މަޤާމަށް ރައީސް މައުމޫން ކުރިމަތި ލައްވައިފި

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ޒައީމްކަމުގެ މަޤާމަށް އެޕާޓީގެ ވަގުތީ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމް ކުރިމަތި ލައްވައިފިއެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް އުފައްދާފައި ނުވާ މަޤާމަކަށް ވާއިރު އެ މަޤާމަކީ އެޕާޓީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އޮންނަ ފުރުސަތެކެވެ. އަދި މިހާތަނަށް އެޕާޓީގެ ރައީސް ކަން ކުރައްވާފައިވާ ހަމައެކަނި ބޭފުޅަކީވެސް ރައީސް މައުމޫންއެވެ.

އެމްއާރުއެމް ގެ ފުރަތަމަ ޤައުމީ ޖަލްސާ އަންނަ އޮކްޓޫބަރު މަހުގެ 2 ގައި ބާއްވަން ނިންމާފައިވާ އިރު އެމްއާރުއެމްއިން ވަނި އެޕާޓީގެ މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިއެވެ. އެގޮތުން އެމްއެމާރުއެމްއިން ހުޅުވާލާފައިވާ މަޤާމުތަކުގެ ތެރޭގައި ޕާޓީގެ ނާއިބް ރައީސްގެ މަޤާމަށް އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅަކަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މީގެ އިތުރުން އެގްޒެކްޓިވް ކޮމެޓީގެ މެންބަރު ކަމަށް 20 ބޭފުޅުން އިންތިޚާބު ކުރާނެ އެވެ. އެއީ 10 ފިރިހެނުންނާއި 10 އަންހެނުންނެވެ. ދެން ހުޅުވާލާފައި އޮތީ ޒުވާނުންގެ ކައުންސިލްގެ ރައީސް ކަމަށާއި ޒުވާނުންގެ ކައުންސިލްގެ ނާއިބު ރައީސް ކަމަށާއި އެ ކައުންސިލަށް އިތުރު 30 މެންބަރުންނެވެ. އެއީ 15 ފިރިހެނުންނާއި 15 އަންހެނުންނެވެ. އަދި އަންހެނުންގެ ކައުންސިލްގެ ރައީސް ކަމަށާއި ނާއިބު ރައީސް ކަމަށާއި އަންހެނުންގެ ކައުންސިލަށް 20 މެންބަރުން ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންތިހާބު ކޮމެޓީ އާއި ސުލޫކު ކޮމެޓީ އާއި އިސްތިއުނާފު ކޮމެޓީން ކުރެ ކޮންމެ ކޮމެޓީއަކަށް ފަސް މެންބަރުން އިންތިޚާބު ކުރާނެއެވެ.

މިމަޤާމުތަކަށް އެމްއާރުއެމްގެ އަސާސީ ޤަވާއިދުގައި ކަނޑައަޅާފައިވާ ޝަރުތު ހަމަވާ މެމްބަރުން މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދިނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2ގައެވެ. އަދި އެޕާޓީގެ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައިވަނީ ޤައުމީ ޖަލްސާއެއް ބޭއްވެންދެންނެވެ. އެމްއާރުއެމްގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ 3048 މެންބަރުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!