އެމްޑީޕީ ޤައުމީ މަޖްލިސް
ޗިކާ – ގުޅިގެން މަޑަވެލި ދާއިރާގެ ކުރިއެރުން ހޯދުމުގެ ފޮނި އުއްމީދުގައި

ދިވެހިރާއްޖޭގެ ސިޔާސީ ޙަރަކާތްތަކަކީ ސިޔާސީ ޕާޓީތަކުގެ ސިޔާސަތުތަކަށް ބަރޯސާވެ ކުރިޔަށް ގެންދިޔުމަށް އިންތިޒާމް ކުރެވިފައިވާ ހަރަކާތެކެވެ.  ސިޔާސީ ޕާޓީތަކުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ލަފާއާއި މަޝްވަރާގައި ބައިވެރިވެ، ދާއިރާ ރައްޔިތުންގެ ޚިޔާލާއި ފިކުރު އަދި ކަންބޮޑުވުންތައް ހާމަކޮށްދިނުމަށް އިދާރީ ދާއިރާތައް ތަމްޞީލުކޮށްދޭ، ރައްޔިތުން އިންތިޚާބުކުރާ ރައްޔިތުންގެ މަންދޫބުން ކޮންމެހެން ތިބެން ޖެހެއެވެ.

ދިވެހި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގައި މިކަން އޮތީ ވަރަށް ހަރުދަނާކޮށެވެ. އެމްޑީޕީ އަކީ ޑިމޮކްރަސީއަށް ފައްކާވެފައިވާ ޕާޓީއެކެވެ. އެ ޕާޓީގެ އުޞޫލުތަކާއި، ސިޔާސަތުތައް ކަނޑައަޅާ ގުނަވަނަކީ، އެކި އިންތިޚާބީ ދާއިރާތަކާއި ޕާޓީއަށް ނިސްބަތްވާ މިނިސްޓަރުންގެ މައްޗަށް އެކުލެވޭ ގައުމީ މަޖިލީހެވެ.

ރައްޔިތުންނާއި ގުޅުންހުރި މުހިންމު ސިޔާސަތު ކަނޑައެޅުމުގައި ދާއިރާތަށް ތަމްޞީލްކުރުމަށް، ޕާޓީގެ އިސްސަފުގައި، ދުރުވިސްނޭ، ޤާބިލް، ކެރޭ، ޖޯޝް ހުރި ޒުވާނުން ތިބުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގެ ވާދަވެރިކަން ބޮޑުތަނުން އިތުރުވެފައިވާއިރު، މި އިންތިޚާބަށް އެޕާޓީން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

މި އިންތިޚާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާ މިދަނޑިވަޅުގައި، އެކި ދާއިރާތަކުގެ މަގާމުތަކަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރެއިން ދަނީ ސިޔާސީގޮތުން އުއްމީދީ މޫނުތަކެއް ފެންނަމުންނެވެ. އެގޮތުން، އެމްޑީޕީގެ މަޑަވެލީ ދާއިރާގެ ރައީސްކަމަށް ކުރިމަތިލާފައިވާ އިބްރާހީމް ނާފިޒް ނުވަތަ ގިނަބަޔަކު ދަންނަ ނަމުންނަމަ ޗިކާއަކީ ފާހަގަކޮށްލެވޭ ފަރާތެކެވެ.

ނާފިޒް ހުވަދޫ ނިއުސްއަށް ދެއްވާފައިވާ ޚާއްސަ އިންޓަވިއުއިން، ނާފިޒްގެ ދުރު ވިސްނުމާއި، އަމިއްލަޔަށް އެދާއިރާއަކަށް ނިސްބަތްވާ ދާއިރާ ކުރިއެރުވުމަށް ގެންގުޅުއްވާ ތަސައްވަރު ދެކެވުނު ވާހަކަ ތަކުން ހާމަވެއެވެ. ނާފިޒްގެ އުއްމީދީ ވާހަކަތަކުން އެނގި ހާމަވެގެން ދިޔައީ ނާފިޒް މަޑަވެލީ ދާއިރާގެ ރައީސްކަމަށް ވާދަކުރަނީ ދާއިރާއަށް ފާގަތި ޕްލޭނަކާ އެކުގައިކަމެވެ.

ޕާޓީގެ މެމްބަރުންގެ މެދުގައި ހުރި ނުތަނަވަސްކަން ފިލުވައި އެއްބައިވަންތަކޮށްދިނުމުގެ ވިސްނުން:

ހުވަދޫ ނިއުސްއަށް ދީފައިވާ ޚާއްސަ އިންޓަވިއުއެއްގައި ނާފިޒް ބުނެފައި ވާގޮތުން މަޑަވެލި ދާއިރާގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލާން އޭނާ ގަސްދުކުރީ، ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ވަގުތަކަށް މިވަގުތު ވެފައިވުމުން، އެންމެން އެއްބައިވަންތަ ކުރުވައި، މަޑަވެލި ދާއިރާގައި އެމްޑީޕީގެ ރޫހު ވަރުގަދަކުރުމުގެ ނިޔަތުގައެވެ. އަމިއްލަޔަށް އުފަން ރަށާއި، ނިސްބަތްވާ ދާއިރާގެ އަޑު އެމްޑީޕީގެ ޤައުމީ މަޖިލީހުގައި އިއްވައި، ދާއިރާގެ އިތުރު ތަރައްޤީއާއި ކުރިއެރުން ހޯދުމަށް ކެރިގެން ވަކާލާތުކުރުމަކީ ނާފިޒް މިދާއިރާގެ ރައީސަކަށް ކުރިމަތިލުމުގެ އެއް ބޭނުމެވެ.

ނާފިޒަކީ އަބަދުވެސް ދާއިރާގެ ރައްޔިތުންގެ ހާލު ގާތުން ބައްލަވާ ފަރާތެއް:

ނާފިޒަކީ، އަބަދުވެސް އަމިއްލަ އުފަން ރަށާއި، ދާއިރާގެ ގިނަ ޒުވާނުންނާއި، ބޮޑެތި މީހުންނާއި، ގާތްގުޅުމެއް އަބަދުވެސް ބާއްވާ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ. ދާއިރާގެ ރައްޔިތުންގެ ހާލަތު ވަރަށްގާތުން ބައްލަވައި، ތަފާތު ދަތި ހާލަތްތަކުގައިވެސް، އެހީތެރިކަން ފޯރުކޮށްދެވެން އޮތް މިންވަރަކުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބިގެންދާ ވަރަށްބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ނާފިޒް ފާހަގަކުރެއެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދާރީވާން ޖެހިލުން ނުވާ ކެރޭ ފަރާތެއް:

ނާފަޒަކީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދާރީވާން އަބަދުވެސް ތައްޔާރަށް ހުންނަވާ ބޭފުޅެކެވެ. ކޮންމެ ރައްޔިތަކަށްވެސް، އެއްވެސް ޖެހިލުމެއް ނެތި، ފަސޭހަކަމާއެކު، ނާފިޒްއާއި ވާހަކަދައްކަން ކެރޭކަމީ، ރައްޔިތުންނާއި އޮންނަ ގުޅުން ރަމްޒުކޮށްދޭ ހެއްކެކެވެ. މިހާރުވެސް ވަކިވަކި ރަށްރަށުން ކެންޑިޑޭޓުންނާއި ސުވާލުކުރުމަށް ކްލަބް ހައުސްފަދަ ޕްލެޓްފޯމްތަކުގައި ނާފިޒު އަންނަނީ، ރައްޔިތުން ބޭނުންވާ ކޮންމެ ކަމަކާއި ވާހަކަ ދައްކަމުންނެވެ. ވަރަށްފަހުން މަޑަވެލީގެ ރައްޔިތުންތަކެއް އިންތިޒާމްކޮށްފައިވާ ކްލަބްހައުސް އިވެންޓެއްގައިވެސް ނާފިޒު ބައިވެރިވެ ތަފާތު ސިޔާސީ ފިކުރުގެ ބޭފުޅުންނާއެކު ވަރަށް ހަރުދަނާ ބިނާކުރަނިވި ސެޝަނެއްވެސް ވަނީ ކުރިޔަށް ގެންދެވިފައެވެ. މިއިވެންޓުގައި ނާފިޒް އާއި ވާދަކުރާ އިތުރު ކެންޑިޑޭޓެއް ބައިވެރިވެވަޑައިގެންފައި ނުވެއެވެ.

ދާއިރާގެ ރައްތަކުގެ ތަރައްޤީއަށް ފާގަތި ޕްލޭންތަކެއް މިހާރުވެސް އެކުލަވާލާފައިވޭ:

ހުސްއަތާ ރައްޔިތުންނާއި ހަމަޔަށް ދިޔުމުގެ ބަދަލުގައި، ނާފިޒް ރައްޔިތުންނާއި ހަމަޔަށް މިފަހަރު މިދަނީ، ވަވަކި ރައްތަކުގެ ތަރައްޤީގެ ފާގަތި ޕްލޭނަކާއެކުގައި ކަން ފާހަގަކޮށްލެވެއެވެ. ކެމްޕެއިންގެ ތެރެއިން އެޕްލޭންތައް ރައްޔިތުންނާއި ހިއްސާކުރަމުން ގެންދާނެކަމަށް ނާފިޒް މަޢުލޫމާތު ދެއްވައެވެ.

ވެރިކަން ކުރުމަށް ރަނގަޅީ ބަރުލަމާނީ ނިޒާމުތޯ ނުވަތަ ރިޔާސީ ނިޒާމުތޯ؟

ވެރިކަންކުރުމަށް އެންމެ ރަނގަޅު ކަމަށް އަމިއްލަފުޅަށް ޤަބޫލުފުޅު ކުރައްވާ ނިޒާމަކާއި ގުޅިގެން ކުރެވުނު ސުވާލުގެ ޖަވާބުގައި ނާފިޒް ވިދާޅުވެފައި ވަނީ، މި ދަނޑިވަޅުގެ ތެރޭގައި ވެރިކަންކުރުމުގެ ނިޒާމާއި ބެހޭ ބަހުސަކަށްދާކަށް އޭނާ ބޭނުމެއް ނުވާކަމަށެވެ. އޭގެ ބަދަލުގައި ނާފިޒް ބޭނުންވަނީ ޕާޓީގެ އެތެރޭގައި ހުރި ކަންކަން ހައްލުކޮށް، ޕާޓީގެ އެތެރޭގައިވާ ނުތަނަވަސްކަން ދުއްވާލުމަށް އެތެރޭގެ އެންމެންނާއި ގުޅިގެން މަސައްކަތްކުރުންކަމުގައި ނާފިޒް ފާހަގަކޮށްފައި ވެއެވެ.

ދާއިރާއަށް ފަހި ގޮތްތަކެއް ހޯދައިދޭން މަސައްކަތްކުރާނެ ފަރާތެއް:

ހުވަދޫ ނިއުސްއަށް ނާފިޒް މިޚާއްސަ އިންޓަވިއުގައި ނާފިޒް ބުނެފައިވަނީ، މިވަގުތު ހިނގަމުންދަނީ އެމްޑީޕީގެ ސަރުކާރެއް ކަމަށާއި އަދި ސަރުކާރުގެ ތެރެއިން ދާއިރާއަށާއި ކުރަންހުރި ޕްރޮޖެކްޓްތަކާއި އިތުރު ކަންކަން ގެނައުމަށް ނާފިޒްމި މަގާމަށް ހޮވިއްޖެނަމަ ވަކާލާތުކޮށްދެއްވާނެ ކަމަށެވެ. އަދި ދާއިރާގެ ތިން ރަށުގެ ކައުންސިލާއި ވާހަކަދައްކައި، އެ ކައުންސިލް ތަކަށްވެސް ފަހި ގޮތްތަކެއް ހޯދައިދޭނެކަމަށް ނާފިޒް ވަނީ ބުނުއްވާފައެވެ.

ނާފިޒް ހާމަކޮށްފައިވާ ގޮތުގައި، ކެމްޕެއިންގެ ތެރެއިން އޭނާއަށް މިހާތަނަށް ރަނގަޅު ތަރުހީބެއް ލލިބެމުން އަންނަ ކަމަށާއި، އަދި އޭނާ ހޮވައިފިނަމަ ދާއިރާގެ ރައްޔިތުންނަށް ތަފާތު ދައްކާނެކަމަށެވެ. މަޑަވެލި ދައިރާއަށް ބޭނުންވަނީ ހިތްވަރާއި ޖޯޝުން ފުރިފައިވާ ޒަމާނީ ވިސްނުމާއެކު، ސިޔާސީގޮތުން ތަފާތު ފިކުރުގެ ވިސްނުން ގެންގުޅޭ މީހުންނާއި އެކު މަސައްކަތް ކުރެވޭނެ އަޒުމެއް ހުރި ފަރާތެކެވެ.

ނާފިޒް ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން މިހާރުގެ ސަރުކާރު އިންތިޚާބުކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އޭގެ ފަހުން މަޑަވެލީ ދާއިރާގެ އެމްޑީޕީގެ މަޖިލިސް ޓިކެޓް ހޯދުމަށް ވާދަކުރުމަށްފަހު، ހަނި ތަފާތަކުން ޓިކެޓް ނުލިބުނު ނަމަވެސް، ނާފިޒްއަކީ އެމްޑީޕީގައި ދެގޮތެއް ނުވެ ޖޯޝާ ފޯރީގައި އެމްޑީޕީގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. ނާފިޒުގެ ފަހުބަހަކީ، ނާފިޒަށް އިތުބާރު ކުރައްވައި، ދާއިރާގެ ހެވާލާބަޔަށް އަދި ތަފާތު ކުރިއެރުންތަކެއް ހާޞިލްކުރުމަށް އެމްޑީޕީ ޤައުމީ މަޖިލީހުގައި ދައިރާ ތަމްޞީލްކުރުމަށް ހުރިހާ ރައްޔިތުންގެ ތާއީދާއެކު، ފުރުޞަތެއް ދެއްވުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!