ޚަބަރު
މިއަހަރުގެ މިހާތަނަށް ޖޫރިމަނާކޮށްގެން 148 މިލިއަން ރުފިޔާ ހޯދައިފި

މިއަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި 148.2 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިއްޖެއެވެ.

148.2 މިލިއަން ރުފިޔާގެ އާމްދަނީ ދައުލަތަށް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާއިރު، މިއަދަދު ގެ އާމްދަނީ ސަރުކާރަށް ލިބިފައިވަނީ 1 ޖެނުއަރީ 2021 އިން 9 ސެޕްޓެމްބަރު 2021 ގެ ނިޔަލަށް ކަމަށް އާންމުކޮށްފައިވާ ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައެވެ.

މިއަހަރު ޖޫރިމަނާގެ ގޮތުގައި ސަރުކާރުން އަންދާޒާކޮށްފައިވަނީ 43.9 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޖޫރިމަނާތަކުން ލިބިފައިވަނީ 94.6 މިލިއަން ރުފިޔާއެވެ.

މި ހިނގާ 2021 ވަނަ އަހަރުވެސް ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަދެއް ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެއެވެ. މިގޮތުން ޓްރެފިކް ވައިލޭޝަން ޖޫރިމަނާގެ ގޮތުގައި އެކަނިވެސް 5،199،006 ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން ޤާނޫނާއި ހިލާފުވެގެން 14 މިލިއަން، ޤަވާއިދާ ހިލާފުވެގެން 10 މިލިއަން، އެއްބަސްވުމާއި ހިލާފުވެގެން 1.9 މިލިއަން، މުވައްޒަފުންގެ ގަޑީގެ ލާރިއާއި ޖޫރިމަނާގެ ގޮތުގައި 8.7 މިލިއަން، ދަރަންޏާއި ގާޒިއްޔާ ޖޫރިމަނާގެ ގޮތުގައި 1 ލައްކަ، އަދި އެހެނިހެން ޖޫރިމަނާގެ ގޮތުގައި 3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!