ޚަބަރު
އެސްޓީއޯ ހިޓާޗީ ޓީވީގެ ޕްރޮމޯޝަން ވަރަށް ސަޅި!

ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ) އިން “ބައްތިރީސް” ގެ ނަމުގައި ހިޓާޗީ ޓީވީގެ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

އެ ކުންފުނިން މިއަދު ބުނީ، މިއަދު ފެށި މި ޕްރޮމޯޝަނަކީ “ބައްތިރީސް” ގެ ނަމުގައި ފެށި ޕްރޮމޯޝަނެއް ކަަމަށާއި، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން މިއަދު ފެށި މި ޕްރޮމޯޝަނުގެ ދަށުން 32 އިންޗީގެ ހިޓާޗީ އެންޑްރޮއިޑް ސްމާޓް ޓީވީއެއް އެންމެ 2،999ރ. އަށް ލިބެއެވެ.

ހިޓާޗީ އެންޑްރޮއިޑް ސްމާޓް ޓީވީ އަކީ އަޑު އެހާމެސާފުކުލަތައް އެހާމެ ޗާލު ޓީވީއެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެ އިތުރުން މި ޓީވީ އަކީ ނެޓްފްލިކްސްއާއި ޔޫޓިއުބްފަދަ ޒަމާނީ އެޕްލިކޭޝަންސް ބޭނުންކުރެވޭ އެޗްޑީ ޓީވީއެކެވެ.

އެސްޓީއޯއިން ރާއްޗެއަށް ހިޓާޗީގެ ތަފާތު އުފެއްދުންތައް އެތެރެ ކުރެއެވެ. އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އިން ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނެއް އެއްތަނަކުން ލިބެން ހުންނަނެއެވެ.

Comment