ފެންޑާ
އެންމެންގެ އެކުވެރިޔާ ވުޖޫދުވި ގޮތް

ދިރިއުޅުމުގެ ޒަރޫރީ ބޭނުމަކަށް މިހާރުގެ ޒުވާނުންނަށް ވެފައިވާ އެކައްޗަކީ ކޮފީއެެވެ. ކޮންމެ ކޮންމެ ކޮފީއެއްވެސް ނޫނެވެ. އިޓަލީގެ އުފެއްދުމެއްކަމަށްވާ ލަވާޒާއެވެ.

ލަވާޒާ ނަން އައިސްފައި ވަނީ 1895 ގައި ލުއިޖީ ލަވާޒާ ނަމަކަށް ކިޔާ ބޭފުޅަކު ޓިއުރިންގެ ވިއަރ ސޭން ޓޮމާސޯ ގައި ލަވާޒާގެ ނަމުގައި ހުޅުވި ފިހާރަޔާއެކުއެވެ. އޭނާ އަކީ މަސައްކަތުގެ އިސްނެގުމާއި އުފެއްދުންތެރިކަމާއި ޝައުޤުވެރިކަމަށް މަޝްހޫރު މީހެކެވެ.

އޭނާ ވަނީ ކޮފީ ގަހުގެ އެކި ބާވަތްތަކާއި ގަހުގެ އެކިއެކި ކަންކަން ދިރާސާކޮށް ކޮފީގެ އެކިއެކި ބާވަތްތައް ތައްޔާރުކުރުމުގެ ހުނަރު ދަސްކޮށް އޭނާގެ ކޮފީ ގަންނަ މީހުން ހިންހަމަޖެހޭ ވަރަށް ތައްޔާރުކުރުމުގެ ހުނަރު ފައްކާކޮށްފައެވެ.

އޭނާގެ މޮޅު ކޮފީ އީޖާދުކުރީ ބްރެޒިލަށް ކުރި ދަތުރަކަށްފަހުއެވެ. މި ދަތުރަށްފަހު އޭނާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކޮފީ އެއްކޮށްގެނެން އެކި ބާވަތުގެ އެކި ރަހައިގެ ކޮފީ ތައްޔާރު ކުރަން ފެއްޓިއެވެ. ނަތީޖާއަކަށްވީ މިއަދު އަހަރެމެން އޭއާ ނުލާ ދުވަސް ނުފެއްޓޭ އެކި ރަހަތަކުގެ ކޮފީ ވުޖޫދުވުމެވެ.

ލަވާޒާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަައާރަފް ކުރުމުގެ މަސައްކަތް ފެއްޓެވީ ލުއިޖީގެ އަންހެނުނާ ތިން ދަރިން ހުޅުވި ލަވާޒާ ކުންފުނީގެ ސަބަބުންނެވެ. ކުންފުނި ފެށީ 1.5 މިލިއަން އިޓަލީގެ ރުފިޔާއިންނެވެ. ފަސްމީހުންގެ މި އާއިލާގެ މަސައްކަތުގެތެރެއިން ދެ އަންހެނުންގެ މަސައްކަތް ވަރަށް ފާހަގަ ކޮށްލެވެއެވެ.

މިއީ މިހާރުގެ ލަވާޒާ ވުޖޫދުވުމުގެ ކުރު ޙުލާސާއެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!