ޚަބަރު
ޕްރޮމޯޝަން ނުދޭތީ 491 ޑޮކްޓަރުންނާއި ނަރުހުންގެ ސޮޔާއެކު ރައީސަށް ޕެޓިޝަނެއް

އައިޖީއެމްއެޗްގެ 491 ޑޮކްޓަރުންނާއި ނަރުހުންގެ ސޮޔާއެކު ޕެޓިޝަނެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު މެންދުރުގެ ވަގުތެއްގައި ވަނީ ހުށަހަޅާފައެވެ.

އެ ޕެޓިޝަން ހުށަހަޅާފައި ވަނީ ފަންނީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މެދުކަނޑާލުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމުމާ ގުޅިގެން އެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައެވެ.

އެ ޕެޓިޝަން ހުށަހެޅުއްވުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ، ކަށީގެ ހާއްސަ ޑރ. ޔޫސުފް ޝާން ވަނީ ސިއްހީ ހިދުމަތްތެރިންނަކީ އެހެން ވަޒީފާތަކުގައި މީހުން އަދާކުރާ މިންވަރަށް ވުރެ މާ ބުރަ މަސްއޫލިއްޔަތުތަކެއް އަދާކުރާ ބައެއް ކަން ފާހަގަ ކޮށް ޝުއޫރުފާޅުކޮށްފައެވެ.

މިފަދަ އެއްވެސް ކަމަށް ރިޢާޔަތް ކުރެއްވުމެއްނެތި މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމަށް ނިންމި ނިންމުމަކީ އެތައް ބައެއްގެ ހައްގުތައް ގެއްލި، ކުރާމަސައްކަތުގެ އަގުވަޒަން ނުކުރުމުގެ އިތުރު، ވަޒީފާ އަދާކުރާ މުވައްޒަފުގެ ހިތްވަރު އެލިގެން ދިޔުމަށް މަގުފަހިވެގެން ދިޔަ ކަމެއް ކަމެއްގެ ގޮތުގައި ޕެޓިޝަންގެ ކަންތައް ކުރިޔަށް ގެންދިޔުމުގައި އިސްކޮށް ޙަރަކާތްތެރިވި ބޭފުޅުން ބުނެފައިވެއެވެ.

ކޮވިޑްގެ ތެރޭގައި އެންމެ ބުރަކޮށް މަސައްކަތްކުރި ބަޔަކަށް ޑޮކްޓަރުންނާއި ނަރުހުން ކަން ޝާން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ގެއްލުމުގައި ވެސް ގެއްލުން ކުރިމަތިވީ އެ މީހުންނަށް ކަމަށް ޝާން ވަނީ ވިދާޅުވެފައެވެ. ޝާން ވަނީ އެ ޕެޓިޝަން ހުށަހެޅުމާއެކު އެމީހުންގެ ކަނބޮޑުވުންތައް ހައްލުވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!