ޚަބަރު
އަންނަ ނޮވެމްބަރ މަހު ސްރީލަންކާގެ ޝެޑިއުލް ފްލައިޓްތައް އައްޑުއަށް

އަންނަ ނޮވެމްބަރ މަހުން ފެށިގެން ސްރީލަންކަންގެ ފްލައިޓްތައް އައްޑޫއަށް ދަތުރު ފަށާނެކަމަށް ސްރީލަންކަން އެއަރ ލައިންސް އިން ބުނެފިއެވެ.

އައްޑޫއަށް ކުރަމުން އައި ޝެޑިއުލް ފްލައިޓްތައް މެދުކަނދާލަފައި އޮންނަތާ އަހަރަކަށްފަހު ދަތުރުތައް އަލުން ފަށަން ހަމަޖެހިފައިވާކަމަށް އެއާލައިންސްގެ ޖެނެރަލް ސޭލްސް އެޖެންޓް، އޭސް އޭވިއޭޝަންގެ ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

ފިރާގު ވިދާޅުވީ އަންނަ ނޮވެމްބަރ މަހުން ފެށިގެން މިޑްލްއީސްޓާއި އައްޑޫ އަދި ޕެރިސް ކަނެކްޝަން ހިމެނޭ ގޮތަށް ކަނެކްޓްކޮށްފައި ހަފްތާއަކު އެއް ފްލައިޓް ބާއްވަން ހަމަޖެހިފައިވާކަމަށާއި ދުވާލެއްގެ މައްޗަށް އަދި ޝެޑިއުލްކޮށްފައިވަނީ އެންމެ ފްލައިޓެއް ކަމަށެވެ. އަދި ކޮލަމްބޯ އައްޑޫ ފްލައިޓްގެ އަގު އުޅެނީ ރިޓާން 420 ޑޮލަރުން ފެށިގެންނެވެ. އެހެންނަމަވެސް އެންމެ ފުރަތަމަ ޝެޑިއުލް ފްލައިޓްތައް ނޮވެމްބަރގައި ފަށާއިރު ފެއަރ ޓިކެޓްތައް ދޫކުރެވޭނެއެވެ.

މިގޮތަށް ނިންމާފައިވަނި އައްޑޫ ސިޓީގައި މިވަގުތު އޮތީ އެންމެ ރިސޯޓަކަށްވެފައި އެރިސޯޓުގައި އެނދުތައް މަދުވުމުގެ ސަބަބުން ކަމަށާއި އައްޑޫއަށް މިދިޔަމަހުގައިވެސް ހަތަރު ޗާޓަރު ފްލައިޓް ބޭއްވުނުކަމަށް ފިރާގު ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫ އެއަރޕޯޓުގެ ވަސީލަތްތައް މިހާރު ކުރިޔަށްވުރެ ރަނގަޅުކަން ފިރާގު ފާހަނގަކުރެއްވިއެވެ.

ފިރާގު އިތުރަށް ވިދާޅުވީ އައްޑޫ އާއި ހުވަދޫ ކަނެކްޓިވް ފްލައިޓްތަކެއް ބާއްވަން މޯލްޑިވިއަންގައި އެދިފައިވާނެ ކަމަށާއި މިކަންތައް ކުރެވޭނީ އައްޑޫ ހުވަދޫގެ ކަނެކްޓިވިޓީއެއް ލިބިގެން ކަމަށެވެ.

“މިހާރު ފްލައިޓް އިތުރު ކުރަން ބަލާއިރު ސްރީލަންކާއިން ވެސް ގިނަ ފްލައިޓްތަކެއްނެތް. މެލޭޝިއާ އާއި ބެންކޮކް ހުޅުވައިފިނަމަ ފްލައިޓް އިތުރު ކުރެވޭނެ،