އިންޓަނޭޝަނަލް ޗެމްބަރ އޮފް މީޑިއާ އަދި އެންޓަޓެއިންމެންޓް އިންޑަސްޓްރީގެ އިތުރުން އިންޓަނޭޝަނަލް ވިމެންސް ފިލްމު ފޯރަމް އިން ދީފައިވާ ބައިނަލް އަޤުވާމީ އެވޯޑެއް ރާއްޖޭގެ މަޝްހޫރު ފިލްމީތަރި އައިޝަތު ރިޝްމީ ހާސިލްކޮށްފިއެވެ.
2017 ވަނަ އަހަރު ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ހޯދާފައިވާ ރިޝްމީ މިފަހަރު ހޯދާފައި މިވަނީ “ފިފްތު ޑރ. ސަރޯޖިނީ ނައިޑޫ، ދަ ނައިޓިންގް ގޭލް އޮފް އިންޑިއާ- ދި އެވޯޑްސް ފޯ ވޯކިން ވިމެން” ގެ އޯވެޑެވެ. މިއެވޯޑް ލިބުނުކަން ރިޝްމީ ވަނީ އިއްޔެ މީސްމީޑިޔާގައި ހާމަކޮށްފައެވެ.

މިއެވޯޑަށް ރިޝްމީގެ ނަން ހުށަހަޅާފައިވަނީ މޯލްޑިވްސް ސޮސައިޓޯ ފޯ ޕާފޯމިން އާޓްސްގެ ފަރާތުން އެކްޓަރު/ޑައިރެކްޓަރު މުހައްމަދު ރަޝީދު (ދަރާ ރަޝީދު) އެވެ.
މި އެވޯޑަކީ މީގެ ފަސްއަހަރުކުރިން ދޭންފެށި ދުނިޔޭގެ ފެންވަރުގެ އެވޯޑެކެވެ. މުޅި ދުނިޔެއިން ފާހަގަ ކޮށްލެވޭ އަންހެނުންގެ ތެރެއިން 100 އަންހެނުންނަށް ދޭ މިއެވޯޑަށް މުޅި ދުނިޔެއިން މި އަހަރު 7000 މީހުންގެ ނަން ހުށަހަޅާފައިވެއެވެ.
ރިޝްމީއަކީ ކުޅަދާނަ ފަންނުވެރި ތަރިއެކެވެ. ބެލުންތެރިންގެ މެދުގައި މަޤބޫލުކަން ހޯދާފައިވާ އެތައް ފިލްމެއް އުފައްދާފައިފާ ކުޅަދާނަ ޕްރޮޑިއުސަރެކެވެ. ރިޝްމީވަނީ 2019 ވަނައަހަރު ނޮވެމްބަރ 11 ވަނަ ދުވަހު މަތީ ދަރަޖަ ހޯދައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑު ވެސް ހާސިލްކޮށްފައެވެ.
މުޅި ދުނިޔެއިން 7000 މީހުން ކުރިމަތިލައި އޭގެ ތެރެއިން 100 މީހުން ހޮވިގެން ދިޔުމަކީ ލިބުނު ފަޚުރެއް ކަމަށާއި އެކަމަށް މަގުފަހިކޮށްދެއްވީތީ ދަރާ ރަޝީދުއަށް ރިޝްމީ ވަނީ ޝުކުރު އަދާކޮށްފައެވެ.
މިއެވޯޑަށް ރިޝްމީގެ ނަން ހުށަހަޅާފައިވަނީ މޯލްޑިވްސް ސޮސައިޓޯ ފޯ ޕާފޯމިން އާޓްސްގެ ފަރާތުން އެކްޓަރު/ޑައިރެކްޓަރު މުހައްމަދު ރަޝީދު (ދަރާ ރަޝީދު) އެވެ.
މި އެވޯޑަކީ މީގެ ފަސް އަހަރުކުރިން ދޭންފެށި ދުނިޔޭގެ ފެންވަރުގެ އެވޯޑެކެވެ. މުޅި ދުނިޔެއިން ފާހަގަ ކޮށްލެވޭ އަންހެނުންގެ ތެރެއިން 100 އަންހެނުންނަށް ދޭ މިއެވޯޑަށް މުޅި ދުނިޔެއިން މި އަހަރު 7000 މީހުންގެ ނަން ހުށަހަޅާފައިވެއެވެ.