ޚަބަރު
ދެދަރިން ޖާމިނުކޮށް ކަފާލާތުގެ ދަށުން ދޫކޮށްދެއްވުމަށް އައްމަޓީ އެދިއްޖެ

ސީ ލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) އެނަގެ ދެދަރިން ޖާމިނުކޮށް ކަފާލާތުގެ ދަށުން ގޭބަނދަށް ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ހުޅުމާލޭ ފްލެޓް އިމާރާތްކޮށްދޭނެކަމަށް ބުނެ ގިނަ ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާތީ އަންމަޓީ ބަންދުން ދޫކޮށްލަން މީގެ ކުރިން ކްރިމިނަލް ކޯޓުން ނިންމި ނިންމުމެއް ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިޔަށްދިޔަ އަޑުއެހުމުގައި އައްމަޓީގެ ބަންދަށް ލުޔެއް ދެވެންނެތްކަމަށް ނިންމާ ޝަރީއަތް ނިމެންދެން އައްމަޓީ ބަންދުކުރުމަށް ހައިކޯޓުން އިއްވި އަމުރު ކްރިމިނަލް ކޯޓުން ވަނީ ދަމަހައްޓާފައެވެ. އަދި އޭނާ ގޭބަންދަށް ދޫކޮށްފިނަމަ މުޖުތަމައުގެ މަސްލަހަތު ގެއްލި، ކުށް ކުރުމަށް ހިތްވަރު ލިބޭނެ ކަމަށް އެކޯޓުންވަނީ ނިންމާފައެވެ. ނަމަވެސް، 30 ދުވަސް ފަހުން އަނެއްކާވެސް ބަންދު ރިވިއު ކުރާއިރު ހާލަތު ބަދަލުވެފައިވާނަމަ އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޚިޔާނާތުގެ މައްސަލައިގައި އައްމަޓީގެ މައްޗަށް 30 މެއި 2021 ގައި ވަނީ 42 ދައުވާއެއް ކޮށްފައެވެ. މި ކުށްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، މި ދައުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ބެލެވޭކަމަށް ޕީޖީ އޮފީހުންވަނީ ވިދާޅުވެފައެވެ.

ހައުސިންގ ޑިވަލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ 13 މާރިޗު 2014 ގައި ހަވާލުކޮށްފައިވެއެވެ. ނަމަވެސް ދީފައިވާ މުއްދަތު ހަމަވެގެން ދިޔައިރުވެސް މިމަސައްކަތްތަކުގެ އަމަލީ މަސައްކަތް އެކުންފުނިން ނުފަށައެވެ. ގިނަ ބަޔަކު އަތުން ފައިސާ ނެގުމަށްފަހު އައްމަޓީ އުޅުނީ ފިލައިގެންނެވެ. އޭނާ ރާއްޖެ ގެނެސްފައިވަނީ ލަންކާގައި ހުއްޓާ އިންޓަޕޮލް ރެޑް ނޯޓިސް ނެރެގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!