ޚަބަރު
ދިވެހިންގެ ނަމުގައި ބިދޭސީން ހިންގާ ވިޔަފާރި ހުއްޓުވުމަށް ބިލެއް ހުށަހަޅައިފި

ދިވެހިންގެ ނަމުގައި ބިދޭސީން ހިންގާ ކުދި ވިޔަފާރިތައް ހުއްޓުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

މިބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނީ ކުރެންދޫ ދާއިރާ އެމްޑީޕީގެ މެމްބަރު އަބްދުލްގަނީ އަބްދުލްހަކީމްއެވެ. މިބިލުގައިވާ ގޮތުން ދިވެހިންގެ ނަމުގައި ބިދޭސީން ހިންގާ ކުދި ވިޔަފާރިތަކުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ހާލަތްތަކުގެ ގާނޫނަށް މާއްދާއެއް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ.

އެގޮތުން އިތުރުކުރުމަށް ހުށަހެޅި ނުކުތާއަކީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ބިދޭސީ ފަރާތްތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރިއެއްކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާއަށް ގަބޫލުކުރެވޭ ނަމަ އެ ވިޔަފާރީއެއްގެ ރަޖިސްޓްރޭޝަން ބާތިލުކުރެވޭނެ ކަމެވެ. އަދި ދިވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ވެރިފަރާތް ރާއްޖޭން ބޭރުގައި އުޅޭނަމަ، ވިޔަފާރި ހިންގުމުގެ ޒިންމާ އަދާކުރަން އައްޔަންކުރާ މީހާއަކީ ދިވެހި ރައްޔިތެއް ކަމަށް ވާންޖެހޭނެކަމަށް ހިމަނާފައިވެއެވެ.

މިގާނޫނާ ހިލާފުވާ ފަރާތްތައް މިހާރު އެންމެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރަނީ 20،000ރ. އިންނެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މި އިސްލާހުގައިވަނީ އެ އަދަދު 100،000 ރުފިޔާއަށް އިތުރުކުރުމަށް ހުށަހަޅާފައެވެ.

ދިވެހިންގެ ނަމުގައި ވިޔަފާރި ރަޖިސްޓްރީ ކުރުމަށްފަހު ބިދޭސީން އެވިޔަފާރީގެ މަންފާ ހޯދަމުންދާ މައްސަލައަކީ މިހާރު ރާއްޖޭގައި ވަރަށް ބޮޑު މައްސަލައަކަށް މިވަނީވެފައެވެ. އެވިޔަފާރިތަކުން ލިބޭ މަންފާ ވެރިފަރާތާ ހިއްސާނުކޮށް ބިދޭސީން ދަނީ އެވިޔަފާރީގެ ބޭނުން ނަހަމަގޮތުގައި ހިފަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!