ޚަބަރު
ހޯނޑެއްދޫ ޑަބްލިޔުޑީސީ އިން އެރަށުގައި ދީނީ ދަރުސް ދިނުމުގެ ދާއިމީ ޕްރޮގްރާމެއް ފަށައިފި

ހޯނޑެއްދޫ ޑަބްލިޔު ޑީ ސީ ދީނީ ދަރުސް ދިނުމުގެ ދާއިމީ ޕްރޮގްރާމެއް އެރަށުގައި ފަށައިފިއެވެ.

މިޕްރޮގްރާމާއި ބެހޭ މައުލޫމާތު ހުވަދޫ ނިއުސްއަށް ދެއްވަމުން ހޯނޑެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ރައީސާ ދީނިޔާ ވަޙީދު ވިދާޅުވީ ޑަބްލިޔުޑީސީ އިން ރޭ ފެށި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމަކީ އެކޮމެޓީ އިން ޚަރަދު ކޮށްގެން ކުރިޔަށް ގެންދާ ދާއިމީ ކަމެއް ކަމަށާއި އެގޮތުން ކޮންމެ 3 މަހުން އެއް ފަހަރު ހޯނޑެއްދޫ ސްކޫލްގެ ދަރިވަރުންނަށާއި ބެލެނިވެރިން އަދި އާންމުންނަން ވަކިވަކިން ޚާއްޞަ މައުޟޫޢު ތަކަށް ދަރުސް ދެވޭނެ ކަމަށެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން ރައީސާ ދީނިޔާ މިއަދު ވިދާޅުވީ މިޕްރޮގްރާމް ކުރިޔަށް ގެންދިއުމުގައި އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަން ވަރަށް ބޮޑު ކަމަށާއި އެގޮތުން އެމިނިސްޓްރީގެ ޝޭޚް ޙަސަން ތައުފީޤު މިވަގުތު ހުންނެވީ ދަރުސް ދެއްވުމަށް ވަޑައިގެން އެރަށުގައިކަމަށާއި ރޭ މިސްކިތުގައި ދަރުސް ދެއްވުމަށް ފަހު މިއަދު ސްކޫލުގައި ދަރިވަރުންނަށް ދަރުސް ދެއްވާފައިވާކަމަށެވެ. އަދި މިއަދު ހަވީރު ބެލެނިވެރިންނަށް ދަރުސް ދެއްވުން ކުރިޔަށް ގެންދިޔުމަށް ތައްޔާރު ވަމުންދާ ކަމަށްވެސް ރައީސާ ވިދާޅުވިއެވެ.

ހޯނޑެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ގެ ރައީސާ ވިދާޅުވީ ދާއިމީކޮށް ދަރުސް ދިނުމުގެ ޙަރަކާތްތައް ފަށައިގެން އެރަށުގައި ކުރިއަށް ގެންދާ ފުރަތަމަ ފަހަރު ކަމަށް ވެފައި މިކަމުގައި ދަތި ކަންތައްތަކެއް ހުރުމަކީ އެކަށީގެންވާ ކަމަކަށް ވާތީ ހޯނޑެއްދޫ ކައުންސިލުން ދަނީ މިކަމަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވަމުންކަމަށާއި ސްކޫލާއި ބެލެނިވެރިންގެ ފަރާތުންވެސް ވަރަށް ބޮޑު ތަރުހީބަކާއި އެއްބާރުލުން ލިބެމުންދާކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!