މަޢުލޫމާތު
ސްމައިލިންގ ޑިޕްރެޝަން: އުފާވެރިކަމަށް ފެނުނު ނަމަވެސް، ޑިޕްރެޝަނުގެ ވައްތަރެއް

ސްމައިލިންގ ޑިޕްރެޝަނަކީ، ޑިޕްރެޝަނުގެ ވައްތަރަކެވެ. މިފަދަ ޑިޕްރެޝަނެއް ތަޙައްމަލުކުރާ ފަރާތް އެހެން މީހުންނަށް އުފާވެރިކޮށް ފެނުނު ނަމަވެސް، ހަޤީޤަތުގައި ތަޙައްމަލު، އެކުރަނީ ވަރަށްބޮޑު ނަފްސާނީ މައްސަލައެކެވެ.

ސްމައިލިންގ ޑިޕްރެޝަނަކީ، ލަފުޒުން ދޭހަވާފަދައިން، ޑިޕްރެޝަންގެ ސަބަބުން އުފާވެރިކަން އިހްސާސް ކުރެވުމެއް ނޫނެވެ. ސްމައިލިންގ ޑިޕްރެޝަނަކީ، ޑިޕްރެޝަނުގެ ވައްތަރެއްކަމުގައިވާއިރު، މިފަހަކަށް ސްމައިލިންގ ޑިޕްރެޝަން ތަޙައްމަލުކުރާ ފަރާތްތައް އިތުރުވެފައި ވެއެވެ. އަހަރަމެން އިންސާނުންނަކީ، އިޙްސާސްތައް ފޮރުވުމަށް މޮޅު ބަޔެކެވެ. ކިތަންމެ ބޮޑު ހިތްދަތިކަމެއް ތަޙައްމަލުކުރަން ޖެހިފައިވީނަމަވެސް، އެހިތްދަތިކަމާއި، ހިތާމަ އެހެން މީހުންނަށް ދައްކަން ބޭނުން ނުވެއެވެ. ނަފްސާނީގޮތުން ބޮޑު ހަގުރާމައެއް ކުރަމުންވެސް، ވިސްނުންތައް އިންތިހާއަށް އިތުރުވެ، ދިރިހުރުމުގެ އުންމީދު އެކީ ކެނޑިގެންދާއިރުވެސް، އެހެންފަރާތެއްގެ އެހީތެރިކަން ހޯދައި، ކަންބޮޑުވުންތައް ހިއްސާކުރުމަށް މިބާވަތުގެ ޑިޕްރެޝަން ތަޙައްމަލުކުރާ ފަރާތްތައް ބޭނުންނުވެއެވެ.

ސްމައިލިންގ ޑިޕްރެޝަނަކީ، ޑިޕްރެޝަނުގެ އެހެން ވައްތަރުތަކާއި ތަފާތުކޮށް، ނުރައްކާތެރި ވައްތަރެކެވެ. ޑިޕްރެޝަން އަމިއްލަޔަށް ތަޙައްމަލު ކުރާ ފަރާތް، ޑިޕްރެޝަނަށް ގޮސްފައިވާކަން ނުވަތަ ފަރުވާ ބޭނުންވާއިރު، ގިނަފަހަރަށް އާންމު ހާލަތުގައި އޮންނަނީ ވަގުތު ފާއިތުވެފައެވެ. މި ނަފްސާނީ ބަލިމަނޑުކަމުން އެމީހާ އަނބުރާ ގެނެސް އާންމު ހާލަތަށް ރުޖޫޢަ ކުރުން ގިނަފަހަރަށް އޮންނަނީ ދަތި އުދަނގޫ ކަމަކަށް ވެފައެވެ. ސްމައިލިންގ ޑިޕްރެޝަން ތަޙައްމަލުކުރާ ގިނަ ފަރާތްތައް އަމިއްލަޔަށް މަރުވުމުގެ ފުރުޞަތު ބޮޑުކަމުގައި ދިރާސާތަކުން ހާމަވެއެވެ. މިފަދަ މީހުންނަކީ، ދިރިއުޅުމުގެ އެއްވެސް ކަމެއް އެހެން މީހުންނާއި ހިއްސާނުކޮށް، އެހެން މީހުންނަށް ވަރަށް އުފާވެރި ބައެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރާ މީހުންނެވެ. ބައެއް ހާލަތްތަކުގައި، ސްމައިލިންގ ޑިޕްރެޝަން ތަޙައްމަލުކުރާ ފަރާތަށްވެސް، ޑިޕްރެޝަން ތަޙައްމަލުކުރާކަން ނޭނގެއެވެ.

ސްމައިލިންގ ޑިޕްރެޝަން ކުރިމަތިވަނީ، ސީދާ ކޮން ސަބަބަކާއި ގުޅިގެން ކަން އެނގޭކަށް ނެތެވެ. ނަމަވެސް މިއީ ޑިޕްރެޝަންގެ އެހެން ވައްތަރުތައް ތަޙައްމަލުކުރާ މީހުންނެކޭ އެއްގޮތަށް، އިޙްސާސްތަށް އެހެން މީހުންނާއި ހިއްސާނުކޮށް، ދިމާވާ ހިތްދަތިކަންކަން އެކަނި ތަޙައްމަލުކުރުމުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ، ހާލަތަކެވެ. މިފަދަ ޑިޕްރެޝަނަކަށް މީހާ ހުށަހެޅިގެން ދާ ސަބަބުތަކުގެ ތެރޭގައި، މަސައްކަތުގެ މާހައުލުން ކުރިމަތިވާ ފިއްތުންތައް، ލޯބީގެ ގުޅުންތަކަށް ބުރޫއެރުމުން ކުރިމަތިވާ ހިތާމަ އަދި ދިރިއުޅުމުގެ އެއްވެސް ބޭނުމެއް ނުވަތަ ހާޞިލްކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ދެކި، އަމިއްލަޔަށް ބާކީވެފައިވާ މީހެއްގެ ގޮތުގައި ހީކުރުން ހިމެނިގެން ދެއެވެ.

ޑިޕްރެޝަނަކީ ވަރަށް ގިނަ ފަރާތަކަށް ކުރިމަތިވެފައިވާ ނަފްސާނީ މައްސަލައެކެވެ. ގާތްގަނޑަކަށް ކޮންމެ 10 މީހެއްގެ ތެރެއިން އެކަކު ޑިޕްރެޝަން ތަޙައްމަލުކުރެއެވެ. ޑިޕްރެޝަން ތަހައްމަލުކުރާ ފަރާތްތަކުގެ ތެރެއިން %15 އާއި %40 އިންސައްތަ މީހުންނަކީ ސްމައިލިންގ ޑިޕްރެޝަން ތަހައްމަލުކުރާ މީހުންނެވެ. ސްމައިލިންގ ޑިޕްރެޝަން ފެށިގެން އަންނަނީ ޒުވާން އުމުރުގައެވެ. އަދި ދިގު މުއްދަތަކަށް މިބާވަތުގެ ޑިޕްރެޝަން ފަސޭހަނުވެ ހުރެއެވެ. އެހެންކަމުން އަމިއްލަޔަށް މިފަދަ ނުތަނަވަސްކަމެއް ތަޙައްމަލުކުރޭކަމަށް ޝައްކުކުރެވޭ ހިސާބުން ފަރުވާ ހޯދުމަށް މަސައްކަތް ކުރަންޖެހެއެވެ. ހިތާމަޔަކީ، ސްމައިލިންގ ޑިޕްރެޝަން ތަޙައްމަލުކުރާ ފަރާތްތަކަށް އެއްވެސްކަހަލަ އެފަދަ ނުތަނަވަސްކަމެއް ތަޙައްމަލުކުރާކަން ނޭނގުމުގެ އިތުރުން އަމިއްލަޔަށް އެއްވެސް މައްސަލައެއް އުޅޭކަމަށް ޤަބޫލުކުރަން ދަތިވެއެވެ.

ސްމައިލިންގ ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟ މިފަދަ ނަފްސާނީ މައްސަލަތަކުން އަރައިގަތުމަށް ފުރަތަމަކަމެއްގެ ގޮތުގައި، އެއްވެސް މީހަކާއި ހިއްސާނުކޮށް ކަންކަން ފޮރުވައިގެން އުޅުމަކީ ނަފްސާނީ ގޮތުން ތިމާ ނުރައްކާތެރި ހާލަތަކަށް ވެއްޓިގެން ހިގައިދާނެ ކަމެއްކަން ދަނެ، މާޔޫސްވެ، ކަންބޮޑުވާ ކަންކަން އެކުވެރިއަކާއި ނުވަތަ، އިތުބާރު ކުރެވޭ ފަރާތަކާއި ހިއްސާކޮށްލުމަކީ ކުރެވިދާނެ ކަމެކެވެ. ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތަކާއި ގުޅޭ މަޢުލޫމާތު ހޯދައި، އެފަދަކަމެއް ތިމާއަށް ކުރިމަތިވާކަމުގެ ޝައްކުކުރެވޭނަމަ، ސައިކޮލޮޖިސްޓެއްގެ އެހީތެރިކަން ހޯދައި ކައުންސިލިންގ ހޯދުން މުހިންމެވެ.

ދުޅަހެޔޮ ސިއްހަަތެއްގައި އިންސާނާ ހުރުމަށް، ޖިސްމާނީގޮތުންނާއި، ނަފްސާނީ ގޮތުން ދުޅަހެޔޮ މީހެއްގެ ގޮތުން ހުރުން މުހިންމެވެ. އެހެން މީހުންނަށް ތިމާ އުފާވެރި އެއްވެސް ހިތްދަތިކަމެއް އިހްސާސްނުކުރާ މީހެއްގެ ގޮތުގައި ދެއްކުން މުހިންމެއް ނޫނެވެ. ދިރިއުޅުމަކީ، އުފަލާއި ހިންހަމަޖެހުން، އަދި ހިތާމަޔާއި ހިތްދަތިކަން އެކުލެވޭ އެއްޗެކެވެ. ސްމައިލިންގ ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތކުގެ ތެރެއަށް އަމިއްލަ ނަފުސު ވެއްޓުމަށް ފުރުޞަތު ނުދޭށެވެ.

 1. ހުސައިން

  މާތްރަސްކަނލާގެއަށް ވަކީލްނުކުރާމީހުންނަށް ދިމާވާ ކަމެއް

  • depression akee hama ekani muslimunnah dhimaavaa kameh noon.

 2. ހަސަން

  ރަސޫލުން ނާއި ނަބީންނަށްވެސް ޑިޕްރެޝަނާ ކުރިމަތިލައްވަންޖެހި ވަޑައިގަތް
  އެބޭކަލުންގެ ހަތިޔާރަކީ ދުޢާ އާ ކެތްތެރިކަން
  ޑިޕްރެޝަނަކީ ﷲއަށްވަކީލުނުކުރާ މީހުންނަށް އެކަނިޖެހޭބައްޔެއްނޫން