ޚަބަރު
އަންނަ އާދީއްތަ ދުވަހު ސިވިލް ސާވެންޓުން އޮފީހަށް ނުކުންނާނީ ކަޅު ހެދުމުގައި

ސިވިލް ސާވެންޓުންގެ މުސާރަ ބޮޑު ނުކުރާތީ އަންނަ އާދީއްތަ ދުވަހު އިހުތިޖާޖު ކުރުމުގެ ގޮތުން ސިވިލް ސާވެންޓުން އޮފީހަށް ނުކުންނާނީ ކަޅުހެދުމުގައި ކަމަށް ސިވިލް ސާވެންޓު އެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.

ސިވިލް ސާވެންޓުންނަށް މަސައްކަތާއި އެކަށީގެންވާ މުސާރައެއް ނުދޭތީ އަންނަ އާދީއްތަ ދުވަހު އިހުތިޖާޖު ކުރާނެ ކަމަށާއި ސަރުކާރުން ޖަވާބުދާރީއެއް ނުވެއްޖެނަމަ އަންނަ ހޯމަދުވަހު މަސައްކަތް ހުއްޓާލާނެކަމަށް ސިވިލް ސާވެންޓް އެސޯޝިއޭޝަނުން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި މިވަގުތު 26668 ސިވިލް ސާވެންޓުން ތިބިއިރު އެންމެ ކުޑައުޖޭރައެއް ކަނޑައެޅުމަކީ މިސަރުކަރުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އެހެންނަމަވެސް މިހާތަނަށް މިވައުދުތައް ފުއްދާފައި ނުވާތީ ސިވިލް ސާވެންޓުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސިވިލް ސާވެންޓުންގެ ޑިމާންޑްތަކުގެ ތެރޭގައި ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ދިނުމާއި ސެޓްފިކެޓް ހުށަހަޅައިގެން ވަޒީފާގެ ކުރިއެރުން ލިބޭ ގޮތް ހެދުން، ސިވިލް ސާވެންޓުންނަށް އެލަވަންސެއް ލިބޭ ގޮތް ހެދުމާއި ސްކޫލްތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ދިނުން، ދަށް ފަންތީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުން، މިނިމަމް ވޭޖް ކަނޑައެޅުން އަވަސް ކުރުން އަދި ސެޓްފިކެޓް ހުށަހަޅައިގެން ވަޒީފާގެ ކުރިއެރުން ލިބޭ ގޮތް ހެދުން ހިމެނެއެވެ.

ސިވިލް ސާވެންޓުންގެ މުސާރަ އެންމެ ފަހުން ބޮޑުކޮށްފައިވަނީ 2018 ވަނައަހަރުގައެވެ. އެފަހުން މުސާރައިގެ ކުރިއެރުމަށް އެއްވެސް ބަދަލެއް އައިސްފައިނުވެއެވެ. މުސާރަކުޑަވެގެން ޕައިލެޓުންނާއި ޑޮކްޓަރުން އަދި ނަރުހުން އިހުތިޖާޖްކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ބައްދަލުކުރުމުން އެމަނިކުފާނު ވިދާޅުވީ ޕައިލެޓުންނާއި ޑޮކްޓަރުންނާއި ނަރުހުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދެއްވާނެ ކަމަށެވެ. އަދި ދާދި ފަހުން ޑަބްލިޔުޑީސީގެ މެމްބަރުންގެ މުސާރައިގެ އިތުރުން ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަވެސް ވަނީ ބޮޑުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!