އެމްޑީޕީ ޤައުމީ މަޖްލިސް
ގުސައްޔު:ދާއިރާގެ ރައްޔިތުންނާއިގުޅޭ، އިތުބާރުހިފޭ، އުއްމީދީ ޒުވާނެއް

ގދ ތިނަދޫ، ސަނީޑޭލް ގުސައްޔު އަބްދުﷲ ގިނަބަޔަކު މުޚާތަބު ކުރާ ނަމުންނަމަ، ގުސޭ އަކީ ވަރަށް ޅައުމުރުގައި ސިޔާސީ ދާއިރާއަށް ނުކުތުމުގެ ޝައުޤުވެރިކަން އުފެދުނު ޒުވާނެކެވެ. ސްކޫލްދައުރުގައިވެސް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރާއި މެދު ހިންހަމަނުޖެހިގެން ނެރެވުނު ސިޔާސީ ޚަބަރުތަކާއި މަޖައްލާތައް ކިޔައި ދިރާސާ ކުރުމަށް ގުސައްޔު، ޚާއްސަ ޝައުޤުވެރިކަމެއް ބެހެއްޓެވިއެވެ.

ތަޢުލީމީ ޤާބިލް ކަން:

ގުސައްޔު އަކީ ވިޔަފާރީގެ ދާއިރާއިން މަތީ ތަޢުލީމު ހާޞިލް ކޮށްފައިވާ ފަރާތެކެވެ. މިގޮތުން ބެޗެލާސް އޮފް ކޮމާސް ގުސައްޔު ފުރިހަމަ ކޮށްފައިވާއިރު، މިހާރުވެސް އަންނަނީ މާސްޓާރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) އަށް ކިޔަވަމުންނެވެ.

ސިޔާސީ ދާއިރާއަށް ވަދެވުނު ގޮތް:

ގުސޭ އަކީ ސްކޫލްގެ ދައުރުން ފެށިގެން ސިޔާސީ ކަންކަމަށް ޝައުޤުވެރިވާ، އަދި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙު ދިރާސާކުރައްވާ ފަރާތެކެވެ. ގުސައްޔު އަބަދުވެސް ދެކެން ބޭނުންވާ ދުވަހަކީ، ހެޔޮވެރިކަމެއް އުފެދި، ސިޔާސީގޮތުން ރާއްޖެއަށް ހެޔޮ ބަދަލެއް އަންނާނެ ދުވަހެކެވެ. ގުސޭ ސިޔާސީ ދާއިރާއަށް ނިކުމެވި، ސިޔާސީ މަސައްކަތެއް ފެށިގެން ދިޔައީ ތިނަދޫގައި އެމްޑީޕީ އޮފީހެއް ހުޅުވުމާއެކު އެއޮފީހުގައި ހިލޭސާބަހަށް މަސައްކަތް ކުރުމަށް ފުރުޞަތު ލިބުނު ހިސާބުންނެވެ. އެހިސާބުން ފެށިގެން ޅަޒުވާނެއްގެ ގޮތުގައި ހުރެ، އެމްޑީޕީ އިން ތިނަދޫގައި ހިންގަމުންއައި ހުރިހާ ސިޔާސީ ޙަރަކާތެއްގައި އިދާރީގޮތުން އިންތިޒާމް ކުރުމުގައި ބައިވެރިވުމުގެ އިތުރުން، ސިޔާސީ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެއެވެ.

2007 ވަނަ އަހަރުން 2010 ވަނައަހަރަށް މަތީ ތަޢުލީމު ހާޞިލްކުރުމަށް ރާއްޖެއިން ބޭރުގައި އުޅެންޖެހުމުން، ސިޔާސީ ދާއިރާއިން ކޮންމެވެސް ވަރެއްގެ ދުރުކަމެއް އައި ނަމަވެސް، ސޯޝަލްމީޑިޔާގައި، ފުޅާދާއިރާއެއްގައި އެމްޑީޕީގެ ސިޔާސީ ފިކުރު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތެއް ގުސައްޔު ކޮށްފައިވެއެވެ.

ތިނަދޫގައި އެމްޑީޕީން ހިންގި ކެމްޕެއިން ތަކުގައި ގުސައްޔުގެ ދައުރު

ދިވެހިރާއްޖެގައި ބޭއްވިގެންދިޔަ ފުރަތަމަ ލޯކަލް ކައުންސިލް އިންތިޚާބުގައި، ތިނަދޫގައި ހިންގުނު ވަރުގަދަ ސިޔާސީ ކެމްޕެއިންގެ މުގުލުގައި މަސައްކަތް ކުރި އެއްފަރާތަށް ގުސައްޔު ވެފައިވެއެވެ. އަދި މިކެމްޕެއިން ކާމިޔާބުކަމާއެކު ނިންމާލީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުން ސުޕަމެޖޯރިޓީއާއެކު ގޮނޑި ކާމިޔާބު ކޮށްފައެވެ.

2012 ގައި އެމްޑީޕީ ވެރިކަންވެއްޓި މުޅިރާއްޖެއާއި މާލޭގައި ހިގާދިޔަ ތަފާތު ސަރުކާރާދެކޮޅު އިޙްތިޖާޖުތަކުގައި، މާލެއާއި އެއް ފެންވަރެއްގައި ތިނަދޫގައި ސިޔާސީ ހަރަކާތްތައް އިންތިޒާމްކޮށް ކުރިޔަށް ގެންދިޔުމުގައި ގުސައްޔު އަމަލީ ގޮތުން ބައިވެރިވެފައި ވެއެވެ. ހަމައެހެންމެ 2013 ގެ ރިޔާސީ އިންތިހާބުގައި ކެމްޕެއިން ކޮމިޓީގައި ވަރަށް އިސްދައުރެއް ގުސައްޔު އަދާކޮށްފައި ވެއެވެ.

ނިމިދިޔަ ސަރުކާރުގައި 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަކީ އެމްޑީޕީ އަށް އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވި ކެމްޕެއިނެކެވެ. އިންތިހާބު ދުވަސްވަރު  އޭރުގެ ސަރުކާރާ އިދިކޮޅު ޕާޓީ ކެނޑިޑޭޓުންގެ ކެމްޕެއިން އެތަކެއް ގޮންޖެހުންތަކަކާއެކު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނީ ގުސައްޔުގެ މޭސްތިރިކަމުގެ ދަށުންނެވެ. އެފަހަރު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރަކަށް ހުންނަވައިގެން ގުސައްޔު ކުރެއްވި މަސައްކަތަކީ ކާމިޔާބު އަދި އެހާމެ ފުރިހަމަ މަސައްކަތެކެވެ.

ގުސައްޔު އަކީ 2018 ވަނަ އަހަރު ތިނަދޫގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތިނަދޫ ދާއިރާގެ ކެމްޕެއިންގެ ޑެޕިއުޓީ މެނޭޖަރެވެ. އަދި 2019 ވަނައަހަރުގެ މަޖިލިސް އިންތިހާބުގައިވެސް ކެމްޕެއިންގެ ޑެޕިއުޓީ މެނޭޖަރެއްގެ ގޮތުގައި ގުސައްޔު މަސައްކަތް ކޮށްފައި ވެއެވެ.

އެމްޑީޕީގެ ފަރާތުން ތިނަދޫގައި ކުރިއަށްގެންދިޔަ ކެމްޕެއިންތަކަކީ ކާމިޔާބު ކެމްޕެއިން ތަކެކެވެ. އެގޮތުން ހުރިހާ ކެމްޕެއިން ތަކެއްގައިވެސް އެންމެ އިސް ސަފުގައި މަސައްކަތް ކޮށްފައިވާއިރު ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައިވެސް ގުސައްޔުއަކީ މުހިންމު ދައުރެއް އަދާކޮށްފައިވާ ފަރާތެކެވެ. ގުސައްޔުއަކީ، ފެށުނީއްސުރެ ދެގޮތެއް ނުވެ އެމްޑީޕީ ތިނަދޫ ދާއިރާއިން ކުރައްވަމުންގެންދަވާ ހުރިހާ މަސައްކަތެއްގައި އެންމެ އިސް ސަފުގައި ހުންނަވައިގެން، ޕާޓީއަށް ވަފާތެރި، އަގުހުރި ކާމިޔާބު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، ގިނަބަޔެއްގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ ހިތްތިރި ޒުވާނެކެވެ.

ސިޔާސީ އަދި ވަޒީފާގެ އަމަލީ ތަޖުރިބާ:

2011 ން 2012 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ، އަޕަރސައުތު ޕްރޮވިންސްގް ބީޑީއެސްސީގެ ޑެސްކުގެ އޮފިސަރެއްގެ މަޤާމް ގުސައްޔު އަދާކޮށްފައިވެއެވެ. މިމުއްދަތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް ކޯޕަރޭޓިވް ސޮސައިޓީތައް އުފެއްދުން ފަދަ ތަފާތު މަސައްކަތްތައް މުޅި ޕްރޮވިންސްގައި ކާމިޔާބުކަމާއެކު ގުސޭގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދެވުނެވެ.

2014 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބްގައި ތިނަދޫ ކައުންސިލަށް ކުރިމަތިލައި، އިންތިހާބް ކާމިޔާބުކޮށް ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ދައުރު ފުރިހަމަކޮށްފައިވެއެވެ.

ސިޔާސީ ދާއިރާއިން ލިބިފައިވާ ކާމިޔާބީތައް:

2014 ވަނަ އަހަރު ތިނަދޫގައި ބޭއްވިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް 2 ވަނަ ދަރަޖައިގައި ގުސައްޔު ވޯޓް ކާމިޔާބު ކޮށްފައި ވެއެވެ. އަދި އެ އިންތިޚާބުގައި ތިނަދޫ ކައުންސިލްގެ 7 ގޮނޑި އެމްޑީޕީއިން ހޯދިއިރު ގުސައްޔުވަނީ އެއިންތިހާބުގައި އެންމެގިނަ ވޯޓު ހޯދި ފަރާތަށްވެފައެވެ. އެއީ މިހާތަނަށް ސިޔާސީގޮތުން އޭނާ ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ.

ތިނަދޫ އުތުރު ދާއިރާއަށް ހެޔޮބަދަލެއް ގެނައުން

ކުރިއަށް މިއޮތް އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގައި ގުސައްޔު ވާދަކުރަނީ ތިނަދޫ އުތުރު ދާއިރާގެ ރައީސް ކަމަށެވެ. އޭނާގެ މަގްސަދަކީ ދާއިރާއަށް ހެޔޮ ބަދަލެއް ގެނައުމުގައި އިސްރޯލެއް އަދާކުރުމެވެ. އޭނާގެ އަޒުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށްޓަކާ ޕާޓީގެ ސަފުތައް އިތުރަށް ވަރުގަދަކޮށް ދާއިރާގެ މަސައްކަތް އެންމެ އެކަށޭނެހެން ބަދަލުކުރުމެވެ. ޕާޓީއަށް މީހުން އިތުރުކުރުމާއި ސިޔާސީގޮތުން އުފެދިފައިވާ ބައިބައިވުންތައް ނައްތާލައި، އެއްމެން އެއް އަޒުމެއްގައި މަސައްކަތްކުރެވޭނެ އާރޫހެއް އުފެއްދުމަކީ ގުސައްޔުގެ އަމާޒެކެވެ.

އަޑުއަހާނަން، ވާހަކަ ދެކެވޭނެ، ތަފާތު ޚިޔާލުތަކަށް އިޙްތިރާމް ކުރާނަން:

މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމަކީ ގުސައްޔު އަބަދުވެސް ލޯބިކުރާ ކަމެކެވެ. އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ކާމިޔާބީއަކީ ސިޔާސީ ހަޔާތުގައި އެނާ ކޮށްފައިވާ އެންމެ ބޮޑު ތަޖުރިބާއެވެ. އެހެންކަމުން އޭނާގެ އެންމެ ބޮޑު ވައުދަކީ “މަޝްވަރާ ކޮމިޓީ” އެއް އުފެއްދުމެވެ. އެއީ ޕާޓީގެ ގަވާއިދުގެ ތެރެއިން ބާރުވެރިކަން ލިބިގެން ހުރިހާ ރަށެއް އަދި ހުރިހާ ދާއިރާއެއްގައިވެސް އޮންނަންޖެހޭ އެއްޗަކަށް ހެދުމެވެ. އެކޮމިޓީގައި ޕާޓީން ކުރިން އިސްމަގާމްތަކުގައި ތިބި މީހުންނާއި ސަރުކާރުގެ މަގާމުތަކަށް އިންތިހާބުވާ މީހުންނާއި ޕާޓީގެ ސަރުކާރުގައި އިސްމަގާމުތަކުގައި އެވަގުތަކު ތިބިމީހުންން ހިމަނައިގެން މަޝްވަރާކޮމިޓީ ހެދުމަކީ ގުސައްޔުގެ ތަސައްވުރެކެވެ. އަދި ލާމަރުކަޒީ އުސޫލުން އެދާއިރާގެ ހުރިހާ ކަމެއް އެދާއިރާގެ އޮފީހުން ނިމެންޖެހޭގޮތް ހެދުމަކީ ކޮންމެހެން ކުރަންޖެހެކަމެއްކަން ގުސައްޔު ދެކެއެވެ.

ގުސައްޔު އަކީ ތިނަދޫ ޒުވާނުން ބަލައިގަންނަ، ތިނަދޫގެ ސިޔާސީގޮތުން ތަފާތު ފިކުރުގެ މީހުންނާއި އެއް މޭޒެއްގެ ދޮށުން ވާހަކަ ދެކެވޭ، ގިނަ ޒުވާނުންނެއްގެ އިޙްތިރާމާއި ލޯބި ލިބިފައިވާ ތިނަދޫގެ ކުދި ބޮޑު އެންމެން ދަންނަ ގާތް އެކުވެރިއެކެވެ. ގުސޭއަކީ، އަމިއްލަ މަސައްކަތުން ދިރިއުޅުމުގައި އާމްދަނީ ހޯދަމުން އަންނަ ފަޚުރުވެރި ޒުވާނެކެވެ. ހުރިހާ އުމުރުފުރައެއްގެ މީހުން ބަލައިގަންނަ ގުސައްޔުގެ، ޚިޔާލާއި މަޝްވަރާ ސިޔާސީ ގޮތުން ގޮތް ނިންމުމަށް މިއަދުވެސް ސިޔާސީ މަޤާމްތައް ފުރުއްވާ ފަރާތްތަކުން ހޯދާކަމީ، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާކަމެއްގެ ގޮތުގައި ގުސައްޔު ދެކެއެވެ.

ކުރިއަށް މިއޮތް އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ތިނަދޫ އުތުރުދާއިރާގެ ރައީސްކަމަށް ގުސައްޔު ވާދަކުރަނީ މާތްﷲ ގެ ވާގިފުޅާއި އެކު، އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަމާ އެކުގައެވެ. ދާއިރާގެ ކަންކަން ހަމަ މަގަށް އަޅުވައި އިތުރަށް ހަރުދަނާކުރުމަށް ދާއިރާގެ ރައްޔިތުންނާއިގުޅޭ، އިތުބާރުހިފޭ، އުއްމީދީ ޒުވާނަކަށް މިފަހަރު ފުރުޞަތު ދޭށެވެ.

އެޑިޓަރުގެ ނޯޓް: މި ލިޔުމަކީ، އެމްޑީޕީ ޤައުމީ މަޖިލިސްގެ އިންތިޚާބާއި ގުޅުވައިގެން، ހުވަދޫ ނޫހުން އާންމުކޮށް ހުޅުވާލެވުނު ކެމްޕެއިން ކުރުމުގެ ފުރުޞަތުގެ ދަށުން ހުވަދު އަތޮޅުގެ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝައުޤުވެރިކަން ފާޅުކޮށް، ފުރުޞަތުގެ ބޭނުން ހިފައި، ކެމްޕެއިން ކުރުމަށް ވިޔަފާރި އުޞޫލުން ގެނެސްދީފައިވާ ލިޔުމެކެވެ. މިލިޔުމުގައި ގެނެސްފައިވާ ވާހަކަތަކާއި، ސިޔާސީ ފިކުރަކީ، އެ ކެންޑިޑޭޓެއްގެ ފިކުރާއި ބަސްކަމުގައި ދަންނަވަމެވެ.

  1. އެލްވިސް

    ކޮންމެހެންވެސް ހޮވަންޖެހޭ

  2. ތަގެ ބޭބެ

    ގުސައްޔުގެ އުޅެނީ އެންމެ މައްސަލައެއް އެއީ ވައްކަންކުރަން ނޭގުން.
    ގުސައްޔު ބަރުލަމާނީއަށް ނުވަތަ ރިޔާސީއަށް ތާއީދުކުރުމަކީ މީހަކު ހަޖަމުނުވެގެން އުޅެންކެހޭވަރު ކަމެއްނޫންދޯ އެކަމަކު މީހަކު ހަޖަމު ނުވެގެން ރޯމަހެއް ތެޅޭހެން ތެޅޭތަންފެނުނީމަ އަންނަނީ ހިނި.
    ދެބައި އުމުރުގެ އަންހެނުން ކުރާނެކަމެއް ނެތިގެން މީހުންގެ މަސްކާހެން މީހުންގެ މަސްކާމީހެއްނޫން ގުސައްޔުއަކީ. މީސްމީހުންގެ އަނބީންގެ ވާހަކައާއި މީސްމީހުންގެ ޒާތީކަންކަމުގެ ވާހަކަ މޮޅުކަމަކަށް ވެގެން ގޮސް ކޮފީމޭޒުތަކުގަ ދައްކާމީހެއްނޫން ގުސައްޔުއަކީ. ހަޖަމު ނުވެގެން އުޅޭ ބުރާންޗުގެ ނަން ނުބުންޏަސް އެއީ ކާކުކަން ނޭގޭ މީހެއް ތިނަދޫ ޒުވާން ފިރެހެނުންތެރޭގަ މަދުވާނެ. މީހުންގެ މަސްކެއުމާއި ނެތިމޮށުމަކީ މިބުނާ ބުރާންތިގެ ޒާތީސިފައެކެވެ.

    • އަބުޅޯ

      ތިހެން ބުނީމަ ފާހަގަވޭ އޭނަގައިގަ ތިސިފަ ވަރަށް ބޮޑަށް ހުރެއެވެ. މީސްމީހުންގެ އަނބިންގެ ވާހަކަ މަލާމާތްކޮއްފަ ހީހީފަ ދެއްކުމަކީ އޭނަގެ ކަށީގަ ހިފާފަހުރި ކަމެކެވެ. ތިބުނާ މީހާ ކައިރިއަށް މީހަކު އެހީއެއް ހޯދަންދިޔަސް އެވާހަކަވެސް ކޮފީ މޭޒު ތަކުގަ ދައްކާފަ އެބަހުއްޓެވެ. އޮފީސް ދަތުރުތަކުގަ ރަށުންބޭރަށް ގޮސް އަންހެންކުދިންނާއެއްކެން މީނަ ޖަހާ ސަކަރާތްވެސް މީނާ ދައްކާފަ އެބަހުއްޠެވެ. މީނައަށް ބައެއްމީނުން ނާސިހުއޭ ވެސް ކިޔާއުޅެއެވެ.

  3. މޯޑާ

    ގުސޭ ހުރީ ޕޮލިޓިކަލް ސައިންސްއިން މާސްޓާސް ހަދާފަ އެހެން ވީމަ ގުސޭ ނޮހުވަންވީ ސަބަބެއް ނެތް. ކިޔަވައިގެން ތިބި މީހުންނަށް ފުރުސަތު ދޭން އެބަޖެހެއެވެ. ޕޕއމ ވެރިކަމެއްގާ ގުސޭ ތިނަދޫ ކައުންސިލްގަ ހުރެ ކޮއްދިން ކަމެއް ނޫން އެހެން ކަމެއް މިވީ 10 ވަރަކަށް އަހަރުތެރޭ ތިނަދަުއަށް ކުރެވިފަ އެބަ އޮތްބާވައެވެ. ގުސޭ އޭރުބެލީ ސަރުކާރަށް ޖެއްސުންކުރާކަށް ނޫނެވެ. ލިބެން އޮތް ހުރިހާ ކުރިއެރުމެއް ތިނަދުއަށް ހޯދާދިނުމަށް އޭނާގެ ހުރިހާ ހަކަތައެއް ބޭނުންކުރިއެވެ. ވެރިކަން ލިބުނީމާ ފޮނިވެގެން ގައްޑާވެގެން ވެސް ގުސޭ ނޫޅެއެވެ. ހިނިތުންވުމާއެކު ނޫނީ މީހުންނާ ވާހަކަނުދައްކާނެ. ރައްޔިތުންނަށް ކަންކަން ފޮރުވާ ސިއްރުކުރުމަކީ ގުސޭ އެއްއިރެއްގައިވެސް ކޮއްއުޅުނުކަމެއްނޫން ގުސޭ ކިތެންމެ ފަލަވިޔަސް އޭނަގެ ދެފުއް އެބަފެނެއެވެ. ފަލަވުމަކީ އޭނާ ނުހޮވަން ޖެހޭ ސަބަބެއްވެސްނޫންނެވެ�� އަހަންނަށް ގުސޭ ގައިން އެންމެ ފާހަގަ ކޮއްލެވޭކަމަކީ ހިޔާލުތަފާތުވިޔަސް ރުޅިމޫނު ނުދެއްކުމާއި އިސްނަގައިގެން މަސައްކަތް ކުރުމާއި ކައުންސިލަގަ އުޅުނު އިރުވެސް ކައުންސިލް އެއީ ބަދަހީ ޓީމެއްގެ ގޮތުގައި ގެންގުޅުން ހިމެނެއެވެ. ކިތެންމެ ހިތްހަމަ ނުޖެހުނަސް މީހުންނާ ހަޑި ހުތުރުބަހުން ވާހަކައެއް ނުދައްކާނެ. އޮފީހަށް ގަޑިއެއް ނުޖެހޭނެ. ސަލާމެއް ނުބުނާނެ. ކިތެންމެ ކުޑަކަމެއް ކުރިޔަސް ޕްލޭނެއް އޮވޮވެގެން އެހެންމީހުންގެ ވެސް ހިޔާލު ހޯދައިގެން ނޫނީ ކަމެއް ނުކުރާނެ. މިއީ ގުސޭ ހޮވަން ޖެހޭ ސަބަބަކީ.