ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ޕޮލިހަށް ހުށަހެޅި ގދ. ތިނަދޫގައި ބަލަމުން އެބައާދެއެވެ.
ފުލުހުންގެ މީޑިޔާ އޮޝަލް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އަޕާ ސައުތް ޕޮލިސް ޑިވިޝަން (ގއ، އަދި ގދ) ގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 12 ވަނަ ދުވަހު ހުށަހެޅިފައިވެއެވެ. އަދި މިމައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް މަޢުލޫމާތު ދެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުން ފުލުހުން ބަލަމުން ދަނީ ގދ ތިނަދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އެކެވެ. އަދި މިމައްސަލައަކީ ޕޮލިހާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ތަހުގީގު ކުރަމުން އަންނަ މައްސަލައެކެވެ.
އިއްޔެގެ ވަގުތެއްގައި 16 އަހަރުގެ ކުޑަކުއްޖަކާއި ބެހިގެން މީހަކު ހައްޔަރު ކުރެވިފައިވާއިރު، މިފަދަ މައްސަލަތައް ދިވެހި މުޖުތަމަޢުގައި އިތުރުވަމުން އަންނަކަން ހިތާމަޔާއެކު ފާހަގަކުރެވެއެވެ.