ޚަބަރު
ފިޔަވަތީގައި ބަލަހައްޓަމުން ދާކުދިން، ހަމަނުޖެހުން ހިންގައި، ހުޅުޖަހައިފި

ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓާ ކުދިން ބައިތިއްބާ ހުޅުމާލޭ ފިޔަވަތީގައި ދިރިއުޅޭ ކުދިން އެތަނުގެ ފުރާޅަށް އަރައި އިމާރާތަށް ތަފާތު ގެއްލުންތައްދީ އެތަނުގައި ވަނީ ހުޅުވެސް ރޯކޮށްފައެވެ. ނަމަވެސް ސިފައިން ވަނީ އަލިފާން ބޮޑުވުމުގެ ކުރީން ނިއްވާލާފައެވެ.

މިފަދަ އަމަލުތަކެއް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކެއްގެ ކިބައިން ފެނިފައިވާއިރު، “ފިޔަވަތި”ގެ ތަފާތު މައްސަލަތައް ވަނީ ފުނިޖެހިފައެވެ. އަދި އެ ތަނުގައި ތިބޭ ކުދިންގެ ފަރާތުން އަހުލާގީ ވަަރަށް ގިނަ މައްސަލަތައް ފާހަގަވެ އެ ކުދިންގެ އުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

މިގޮތުން، އެތަނުގައި އުޅޭ ކުދިންނަށް އަނިޔާކުރާ މައްސަލަވެސް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ. ފުލުހުން މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު އެތަނުގައި ދިރިއުޅޭ ކުދިން ޑިމާންޑް ކުރަމުން އަންނަނީ ތަނުގެ ޤަވައިދު ބަދަލު ކުރުމުން ނޫނީ ފުރާޅުން ނުފައިބާނެ ކަމަށެވެ. ފުލުހުން މިހާރު ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ.

މީގެ ދުވަސްތަކެއްގެ ކުރީން “ފިޔަވަތި” ގައި ކުޑަކުދިންތަކެއް ރޯ އަޑު އިވިގެން ބަޔަކު އެއްވެ އެތަނުގައި އިހުތިޖާޖުކުރުމުން އެކަން މީޑިޔާތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން އެތަނުގައި އެއްވެސް ކަމެއް ނުވާކަމަށް ބުނެފައެވެ. ޖެންޑާ މިނިސްޓްރީގެ ދަށުގައި ހުރި އިދާރާތަކުގައި މައްސަލަތައް ބޮޑުވެ ފުނިޖެހިފައިވާކަމަށް ގިނަ މީޑިޔާތަކުން ރިޕޯޓްކުރެއެވެ. އަދި ޖެންޑާމިނިސްޓްރީގެ އިސްވެރިން މަސައްކަތް ކުރައްވަނީ ކަންކަން އޮއްބައި، ހަޤީޤަތް ފޮރުވުމަށް ކަމަށް ގިނަ މީޑިޔާތަށް ތުހުމަތުކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!