ޚަބަރު
ސްޕްރީމް ކޯޓުގެ ނިންމުންތައް ބެލޭނެ ހާއްސަ އެޕްލިކޭޝަނެއް

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނިންމުންތައް ބެލުމަށް ހާއްސަ އެޕްލިކޭޝަނެއް ތަރައްގީކޮށް، ބޭނުން ކުރަން ފަށައިފިއެވެ.

ސްޕްރީމް ކޯޓުގެ އަހަރީ ދުވަހާ ގުޅިގެން އެކޯޓުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެކޯޓު އުފެދުނު ފަހުން މިހާތަނަށް ނިންމި ހުރިހާ ނިންމުންތަކެއް ބެލޭނެ ގޮތަށް ކޭސް ރިޕޯޓާ އެޕްލިކޭޝަނެއް ތަރައްގީ ކުރުމަށްފަހު އެތެރޭގެ ބޭނުންތަކަށް އެ އެޕްލިކޭޝަން މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށާއި، އަދި އެމަސައްކަތުގެ ދެވަނަ ފިޔަވަހި ނިމިގެންދާއިރު ވަކީލުންނާއި ގާނޫނު ކިޔަވާ ދަރިވަރުންނަށް އެއެޕްލިކޭޝަން ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެއެޕްލިކޭޝަން ތަރައްގީކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެހީއާއެކު، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށާއި އަދި އެމަސައްކަތަކީ ސްޕްރީމް ކޯޓުގައި ކަރުދާސް މަދުކޮށް އިލެކްޓްރޯނިކް ވަސީލަތްތަކުގެ އެހީގައި މަސައްކަތް ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ތައްޔާރުކުރި އެޕްލިކޭޝަނެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެއް އަހަރު ތެރޭގައި 225 މައްސަލަ އެކޯޓަށް ހުށަހެޅިފައިވާ ކަމަށާއި، އެމުއްދަތުގައި 369 އަޑުއެހުމެއް ބޭއްވި އަދި 90 މައްސަލައެއް ނިންމާފައިވާ ކަމަށާއި، އެއީ އޭގެ ކުރީ އަހަރަށް ވުރެ 29 އިންސައްތަ އިތުރު އަދަދެއް ކަމަށްވެސް އެބަޔާނުގައިވެއެވެ.

އޭގެ އިތުރުން ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައިވެސް ހުއްޓުމެއް ނެތި ޝަރީއަތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔަ ކަމަށާއި އަދި ޝަރީއަތްތަކާ ގުޅޭ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ސްޕްރީމް ކޯޓުގެ ގަވާއިދު މިދިޔަ އަހަރު ބަދަލުކޮށްފައިވާ ކަން ވެސް އެބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!