ޚަބަރު
ތިނަދޫ އެމްޕީއެލް ޕޯޓު ހިދުމަތް އަންނަ އަހަރު ފެށޭނެ : ސީއީއޯ ޝާހިދު

ގދ. ތިނަދޫގައި އެމްޕީއެލުން ތަރައްގީކުރާ ޕޯޓުގެ ހިދުމަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ޝާހިދު ޢަލީ މިހެން ވިދާޅުވީ އެމްޕީއެލްގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ ތިނަދޫ ރީޖަނަލް ޕޯޓެއް ގާއިމުކުރުމުގެ މަސައްކަތް ފެށި އެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި ކަމަށާއި މި ޕޯޓުގެ ހިދުމަތް 2022 ވަނަ އަހަރު ފެށިގެންދާނެކަމަށެވެ.

ރޭގެ ޖަލްސާ ގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި   ރާއްްޖޭގެ އެކި ސަރަހައްދުތަކުގައި, ސަރަަހައްދީ ބަނދަރުތައް ތަރައްގީކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުޅުދުއްފުއްޓާއި އައްޑޫ ރީޖަނަލް ޕޯޓު އިތުރަށް ތަރައްގީކުރުމުގެ ބައެއް މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެމްޕީއެލުން ތިނަދޫ ޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ޖުމްލަ 15 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއުގެ ދަށުން 4500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 3000 އަކަ މީޓަރުގެ ސަރަހައްދެއްގައި ރީއެންފޯސް ކޮންކްރީޓް އެޅުމާއި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!