އެވިޑް ކޮލެޖުން އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސް (އޭއޭއޭ) އާއެކު ވެވުނު އެއްބަސްވުން އެވިޑް ކޮލެޖުން އުވާލައިފިއެވެ.
އައްޑޫގައި ހިންގާ ފްލައިންގ ސްކޫލުގެ ހާލަތު ދަށްވުމުގެ ސަބަބުން މިދިޔަ ޖޫންމަހު އެވިޑް ކޮލެޖުންވަނީ އެސްކޫލް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެހެންނަމަވެސް ފްލައިން ސްކޫލްގެ މައްސަލައާއި ގުޅުންހުރި ބައެއް މުއައްސަސާތަކުން ލިބެން ޖެހޭ އެއްބާރުލުން ނުލިބި ކުރިއަށް ދެވޭނެ ކަމަށް ގަބޫލުނުކުރާތީ އާއި ތަމްރީނުތަކަށް ސިވިލް އޭވިއޭޝަނުން އެވިޑަށް ލައިސަންސް ދޫކޮށްފައި ނުވާތީ، ކިޔެވުން ކުރިއަށް ގެންދިއުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
މީގެ އިތުރުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފްލައިންގ ސްކޫލް ހިންގަން ދީފައިވާ މުއްދަތުވެސް ހަމަވެފައި އޮތުމުން ފްލައިންގ ސްކޫލް ހިންގުމުގައި ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާތީ އެއްބަސްވުން މިވަނީ އުވާލާފައެވެ.
އެވިޑް ކޮލެޖުން އައްޑޫ ފްލއިންގ ސްކޫލް އާއެކު ވެފައިވާ އެއްބަސްވުން އުވާލިއިރު ނިމިދިޔަ ޖުލައި މަހުގައި އެކޮލެޖުންވަނީ އެވިޑް ސްކޫލް އޮފް އޭވިއޭޝަންސްގެ ޑީންގެ މަގާމު އުފައްދައި އެ މަގާމަށްވެސް ބޭފުޅަކު އައްޔަންކުރައްވައިފައެވެ.
ތެދުތެދަށް ދަންނަވަނީނަމަ މިއީ އެވިޑް ކޮލެޖާއި އޭއޭއޭ އިން ހިންގި ޖަރީމާއެކެވެ. އައްޑޫގައި ކިޔަވަން ތިބި ހުރިހާ ކުދިންނަށް އެކަން ވަރަށް ސާފްކޮށް އެނގެއެވެ. ފްލައިންގ ސުކޫލެއް ހިންގުމުގެ ލައިސެންސް ނުލިބެނީސް ވަކި ފެކަލްޓީ އެއް އުފައްދާނީ ކޮންމެވެސް ގޯހެއް އޮތީމައެވެ.